ދިވެހިރާއްޖެ
ހައްދުންމަތީ މެރަތަން 2024 އަށް ބޭނުންވާ ތަކެތި ފޯރުކޮށްދޭނެފަރާތެއް ހޯދުން:
ހައްދުންމަތީ މެރަތަން 2024 އަށް ބޭނުންވާ ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)240-CA/240/2024/61 (1 ސެޕްޓެމްބަރ 2024) އިޢުލާނާގުޅިގެން ހުށައަޅާފައިވާ ބީލަން ފުރިހަމަ ނުވާތީވެ އެއިޢުލާނާއި އެކު ހުށަހަޅާފައިވާ އެސްޓިމޭޓްތައް ބާޠިލް ކުރުމަށްފަހު މެރެތަންއަށް ބޭނުންވާ ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ދެވަނަފަހަރަށް އިޢުލާނު ކުރީމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިއެވާ މެއިލް އެޑްރެސް އަށް ބިޑްގައި ރަޖިސްޓްރީ ވުމަށް މެއިލް ފޮނުއްވުން އެދެމެވެ.
1 |
ރަޖިސްޓްރީވުން |
16 ސެޕްޓެމްބަރ 2024 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ބިޑްގައި ރަޖިސްޓްރީވުމަށް [email protected] އަށް އީމެއިލްގެ ޒަރިއްޔާއިން ހިއްސާކުރެއްވުން އެދެމެވެ. އަދި ރަޖިސްޓްރީ ނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ. |
2 |
އަގު ހުށަހެޅުމުގެ ސުންގަޑި އާއި ހުށަހަޅާނެގޮތް |
22 ސެޕްޓެމްބަރ 2024 ވާ އާދިއްތަ ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެ ހައްދުންމަތީ އަތޮޅުކައުންސިލަށް ވަޑައިގެންދެއްވުން އެދެމެވެ. ( ސުންގަޑީގެފަހުން ހުށަހެޅޭ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ.) |
3 |
އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަހަޅަންޖެހޭ ލިޔުންތައް |
ހުށަހަޅަންޖެހޭ ލިޔުންތައް މައުލޫމާތު ޝީޓުގައި ބަޔާންކުރެވިފައިވާނެއެވެ. |