މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ ތެޔޮބިން ކުއްޔަށް ދިނުމަށް ހުޅުވާލުން

މިއިދާރާގެ ނަންބަރ (IUL)283-BF/283/2023/74 (20 ޑިސެމްބަރ 2023) އިޢުލާނާއިގުޅިގެން ހުށައަޅާފައިވާ ހުށައެޅުން ބާތިލުކޮށް އަލުން ޢިއުލާނުކުރުމަށް މި ކައުންސިލްގެ 04 ވަނަދައުރުގެ 154 ވަނަ އާންމުޖަލްސާއިން ނިންމާފައިވާތީ،  އެއިޢުލާނު ބާތިލުކޮށް ކައުންސިލުން ތެޔޮރައްކާކުރުމަށް ބޭނުންކުރަމުންދިޔަ  80000 ލީޓަރގެ ތެޔޮތާނގީ އާއި އެކުގައިވާ  ބިމާއިއެކު، ކުއްޔަށް ދޫކުރުމަށް ހުޅުވާލަމެވެ.

  • ބިމުގެ ބޮޑުމިން : 3744 އަކަފޫޓު ( 72 ފޫޓު ، 52 ފޫޓު)
  • ބިން އޮތްތަން : ޗަނބޭލީމަގުގެ ހުޅަނގު އުތުރުގައި، ބަދަރުން ފެށިގެން 170 ފޫޓުގައި
  • ހުށައެޅޭ އެންމެ ކުޑައަގު : 10،000 ރުފިޔާ
  • ހުށައެޅޭނެ އެންމެ ދިގު މުއްދަތު : 20 އަހަރުދުވަސް
  • މުއްދަތަށް އިތުރުކުރެވިދާނެ ވަރު : އެއްވެސް މިންވަރެއް އިތުރު ނުކުރެވޭނެ

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މިއިދާރާގެ އީމެއިލް އެޑްރެސް [email protected]   އަށް ޝައުގުވެރިކަން ފާޅުކޮށް ބީލަން ހުށައެޅުމަށް ރަޖިސްޓަރީކޮށްދެއްވުން އެދި ކޮންފަރާތަކުންކަން އެނގޭނޭހެން ، 17 ސެޕްޓެމްބަރ 2024 ވަނަދުވަހުގެ 14:00 ގެ ކުރިން މެއިލް ކުރުމަށްފަހު، 19 ސެޕްޓެމްބަރ 2024  ވާ ބުރާސްފަތި ދުވަހު 13:00 އަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. އަންދާސީ ހިސާބު ހުށައަޅާފޯމާއި މަޢުލޫމާތު ކަރުދާސް މި އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

 ބީލަން ހުށައެޅުމަށް ރަޖިސްޓަރީ ކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓަރީ ނުކުރާ ފަރާތްތަކާއި ގަޑިޖެހިގެން އަންނަ ފަރާތްތަކުގެ ބީލަން ބަލައިނުގަނެވޭނެވާހަކަ ދެންނެވީމެވެ.

11 ސެޕްޓެންބަރު 2024
ހޯދާ