މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ.ކަނޑިތީމުން ބީލަން އުސޫލުން ބިން ކުއްޔަށް ދޫކުރުން

 ށ.ކަނޑިތީމުން ބީލަން އުސޫލުން ބިން ކުއްޔަށް ދޫކުރުން

      ށ.ކަނޑިތީމުން ބިން އެކި ކަންކަމަށް ދޫކުރުމަށް ހެދިފައިވާ ލޭންޑް ޔޫޒް ޕްލޭންގައިވާ ގޮތުގެމަތީން ދިގު މުއްދަތަށް  ބިން ދޫކުރުމަށް ހުޅުވާލަމެވެ. ވީމާ   ބިންތަށް ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމަށް ފުރުޝަތު ހުޅުވާލަމެވެ.

 

ކުއްޔަދިނުމަށް ހަމަޖެހިފައިވާ ބިމުގެ ތަފްސީލް ( ތެލާއި ގޭހުގެ ވިޔަފާރިއަށް ދޫކުރާ ބިން)

 

ކުއްޔަށް ދޫކުރާ މުއްދަތު

ކުއްޔަށް ދޫކުރެވޭ ތަނުގެ ބޮޑުމިން ( އަކަފޫޓް)

ކުއްޔަށް ދޫކުރާ ބިމަށް ހުށަހެޅޭނެ އެންމެ ކުޑައަގު

ކުއްޔަށް ދެވޭ ބިމުގައި ކުރެވޭނެކަންކަން

ކުއްޔަށް ދޫކުރާ ތަނުގެ ނަން

15 އަހަރު

1000 އަކަފޫޓުގެ ބިން

އަކަފޫޓަކަށް 65 ލާރި

ޖަދުވަލް 04 ގައި ހިމަނާފައިވާ ކަންކަން

ބަނދަރު އިރުމަތީ ސަރަޙައްދުން 1 ބިން

LT-009

ކުއްޔަދިނުމަށް ހަމަޖެހިފައިވާ ބިމުގެ ތަފްސީލް (ގުދަން އިމާރާތް ކުރުމަށް ދޫކުރާ ބިން)

 

ކުއްޔަށް ދޫކުރާ މުއްދަތު

ކުއްޔަށް ދޫކުރެވޭ ތަނުގެ ބޮޑުމިން ( އަކަފޫޓް)

ކުއްޔަށް ދޫކުރާ ބިމަށް ހުށަހެޅޭނެ އެންމެ ކުޑައަގު

ކުއްޔަށް ދެވޭ ބިމުގައި ކުރެވޭނެކަންކަން

ކުއްޔަށް ދޫކުރާ ތަނުގެ ނަން

15 އަހަރު

1000  އަކަފޫޓުގެ  ބިން

އަކަފޫޓަކަށް 60 ލާރި

ޖަދުވަލް 04 ގައި ހިމަނާފައިވާ ކަންކަން

ބަނދަރު އިރުމަތީ ސަރަޙައްދުން 1 ބިން

LT-006

15 އަހަރު

2000  އަކަފޫޓުގެ  ބިން

އަކަފޫޓަކަށް 60 ލާރި

ޖަދުވަލް 04 ގައި ހިމަނާފައިވާ ކަންކަން

ޕަންމްޕް ސްޓޭޝަން ދެކުނުގައި އޮތް ހުސްބިން

LT-020

ކުއްޔަދިނުމަށް ހަމަޖެހިފައިވާ ބިމުގެ ތަފްޟީލް ( ވޯޓާ ސްޕޯޓް ،އަދި އެކި ކާބޯ ތަކެތީގެ ވިޔަފާރި)

 

ކުއްޔަށް ދޫކުރާ މުއްދަތު

ކުއްޔަށް ދޫކުރެވޭ ތަނުގެ ބޮޑުމިން ( އަކަފޫޓް)

ކުއްޔަށް ދޫކުރާ ބިމަށް ހުށަހެޅޭނެ އެންމެ ކުޑައަގު

ކުއްޔަށް ދެވޭ ބިމުގައި ކުރެވޭނެކަންކަން

ކުއްޔަށް ދޫކުރާ ތަނުގެ ނަން

20 އަހަރު

1200  އަކަފޫޓުގެ  ބިން

އަކަފޫޓަކަށް 50 ލާރި

ޖަދުވަލް 04 ގައި ހިމަނާފައިވާ ކަންކަން

ޕިކްނިކް އޭރިޔާއިން 02 ބިން

LT-021 / LT-013

 

ވީމާ، ދެންނެވިފައިވާ ބިންތަށް ކުޔަށް ހިފަން ބޭނުންވެލައްވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީ ވުމަށްފަހު ބީލަންފޯމް ނަންގަވާ ބީލަންފޯމް ހުށަހެޅުމަށް ދެންނެވީމެވެ.

ބީލަމުގައި ރަޖިސްޓްރީވުން:                                                              

ކުއްޔަށް ހިފުމަށް ހުށަހެޅޭނީ ބީލަން ހުށަހެޅުމަށްޓަކައި މިކައުންސިލްގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ.ރަޖިސްޓްރީވުމަށްޓަކައި " ބީލަމުގައި ރަޖިސްޓްރީވާ ފޯމް" ފުރިހަމަ ކުރުމަށްފަހު މިކައުންސިލަށް ހުށަހަޅާ ބިޑު ޑޮކުމެންޓް ގަތުމަށް ފައިސާ ދެއްކުމުން ބީލަމުގައި ރަޖިސްޓްރީވިކަމުގެ ސްލިޕް ދޫކުރެވޭނެއެވެ. ބިޑު ޑޮކިޔުމެޓްގެ އަގަކީ ބިމަކަށް 250ރ އެވެ.

https://forms.gle/LNvHQG4tgC6Mt8px5

ބީލަމުގައި ރަޖިސްޓަރީވާ ފޯމާއި ބިޑު ޑޮކިޔުމެންޓަށް ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ 16 ސެޕްޓެމްބަރ 2024 ( ހޯމަ) ދުވަހުން ފެށިގެން 23 ސެޕްޓެމްބަރ 2024 ( ހޯމަ) ދުވަހުގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރު 13:00 އަށް ށ.ކަނޑިތީމު ކައުންސިލް އިދާރާއަށެވެ.މި މުއްދަތުގެ ތެރޭގައި ގޫގްލް ފޯމް މެދެވެރިކޮށް ފޯމް ހުށަހެޅުމަށްފަހު ބޭންކު އެކައުންޓަށް ފައިސާ ޖަމާކުރާ ފަރާތްތަކަށްވެސް ބީލަމުގައި ރަޖިސްޓްރީ ކޮށްދެވޭނެއެވެ.މި ބީލަމާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބައްވާގޮތަށް ހަމަޖެހިފައެއް ނުވެއެވެ.ބިން ކުއްޔަށް ދިނުމާ ބެހޭ ގޮތުން ތައްޔާރުކޮށްފައިވާ މަޢުލޫމާތު ކަރުދާހާއި އަގު ހުށައަޅާ ފޯމް މިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ.

 

ބީލަން ހުށަހެޅުން:

  • ބީލަން / ކުއްޔަށް ހިފުމަށް އެދޭފޯމާއި ޕްރޮޕޯޒަލް ހުށަހެޅުމުގެ ސުންގަޑި ތިރީގައި އެވަނީއެވެ.

 

ކުއްޔަށް ދޫކުރާ ތަނުގެ ނަން

ތާރީހް

ގަޑި

ބަނދަރު އިރުމަތީ ސަރަޙައްދުން 1 ބިން

LT-009

25 ސެޕްޓެމްބަރ 2024

12:30

ބަނދަރު އިރުމަތީ ސަރަޙައްދުން 1 ބިން

LT-006

25 ސެޕްޓެމްބަރ 2024

13:00

ޕަންމްޕް ސްޓޭޝަން ދެކުނުގައި އޮތް ހުސްބިން

1 ބިން

LT-020

26 ސެޕްޓެމްބަރ 2024

12:30

ޕިކްނިކް އޭރިޔާއިން 02 ބިން

LT-021 / LT-013

26 ސެޕްޓެމްބަރ 2024

13:00

 

 

 އިއުލާން ކުރެވިފައިވާ ސަރަހައްދުތަކުން ބިން ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން / ކުއްޔަށް ހިފުމަށް އެދޭފޯމާއި ޕްރޮޕޯޒަލް ހުށަހެޅުމަށް ކަނޑަ އެޅިފައިވާ ތާރީޙްގައި ށ.ކަނޑިތީމު ކައުންސިލް އިދާރާއަށް ވަޑައިގެން ބީލަން ހުށަހެޅުއްވުން އެދެމެވެ. ސުންގަޑި ހަމަވުމަށްފަހު ލިބޭ ޕްރޮޕޯޒަލްތައް ބަލައި ނުގަނެވޭނެއެވެ.

ޕްރޮޕޯޒަލްއާއެކު ހުށަހަޅާ އެންމެހާ ލިޔެކިޔުންތައް ހުންނަވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ.ސިޓީ އުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް ސާފުކޮށް ލިޔެފައި އޮންނަންވާނެއެވެ. އަދި ސިޓީއުރައިގެ ބޭރުގައި ޢިޢުލާން ނަމްބަރާއި ހުށަހަޅާ ޕްރޮޕޯޒަލްއަކީ ކޮން ބިމަކަށްކަން އިންގޭނެހެން އަދި ދެވިފައިވާ(LT) ނަންބަރ ލިޔެފައި އޮންނަންވާނެއެވެ.

11 ސެޕްޓެމްބަރ 2024

 

 

 

11 ސެޕްޓެންބަރު 2024
ހޯދާ