ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުގެ ޒޯން ލައިސަންސް ދޫކުރުން ހުއްޓާލުމާއި ގުޅޭ.

ލައިސަންސް ގަވާއިދު ނަންބަރު 2009/05 ގެ ދަށުން ދޫކުރަމުން އައި ޒޯން ލައިސަންސް، ގަވާއިދު ނަންބަރު 2021/R-102 (އެއްގަމު އުޅަނދުފަހަރު ދުއްވުނުގެ ލައިސަންސް ދޫކުރުމާބެހޭ ގަވާއިދު) ވުޖޫދުވުމާއި ގުޅިގެން ވަނީ އުވާލާފައެވެ. މިހާރު ޒޯން ލައިސަންސް ނަގާފައިވާ ފަރާތްތަކުން 25 އޮގަސްޓް 2024 ގެ ކުރިން ޑިޖިޓަލް ލައިސަންސަށް ބަދަލުކުރުމަށް ދަތުރުފަތުރާ ބެހޭ ވުޒާރާ އިން އެންގެވިނަމަވެސް، މި ނިންމެވުމާ ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުންތައް ހުރުމުން، މިހާރު ޒޯން ލައިސަންސް ނަންގަވާފައިވާ ފަރާތްތަކުން ޑިޖިޓަލް ލައިސަންސަށް ބަދަލުކުރެއްވުމަށް ދެއްވާފައިވާ މުއްދަތު 31 އޮގަސްޓް 2025 ގެ ނިޔަލަށް ވަނީ އިތުރުކޮށްދެއްވާފައެވެ. އެހެންކަމުން ޒޯން ލައިސަންސް މިހާރު ނަންގަވާފައިވާ ފަރާތްތަކަށް، އެ ޒޯނެއްގައި 31 އޮގަސްޓް 2025 ގެ ނިޔަލަށް އުޅަނދުތައް ދުއްވޭނެކަމުގައި އެ ވުޒާރާއިން ވަނީ ވިދާޅުވެއެވެ.

            ވީމާ، މިއިދާރާއިން ދެމުންދާ ލައިސެންސްގެ ޚިދުމަތް 11 ސެޕްޓެމްބަރ 2024 ވަނަ ދުވަހުން ފެށިގެން ވަގުތީ ގޮތުން ހުއްޓާލާފައިވާ ވާހަކަ ދަންނަވަމެވެ. އަދި މިހާރު ނަގަފައިވާ ޒޯން ލައިސަންސްތައް ޑިޖިޓަލް ލައިސަންސަށް ބަދަލުކުރެއްވުން އެދެމެވެ.

11 ސެޕްޓެންބަރު 2024
ހޯދާ