ކޮޅުމަޑުލު އޮމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގުދަންކުރުމަށާއި ވޯރކްޝޮޕް އަދި ގަރާޖް ފަދަ ތަންތަން ހިންގުމަށް ބީލަން ޢުޞޫލުން ބިން ދޫކުރުމާއި ގުޅޭ

ކޮޅުމަޑުލު އޮމަދޫ އޮޑިފަންނު ސަރަޙައްދުން ގުދަންކުރުމަށާއި ވޯރކްޝޮޕް އަދި ގަރާޖް ފަދަ ތަންތަން ހިންގުމަށް ބީލަން އުޞޫލުން ދިގު މުއްދަތައް ބިން ދޫކުރުމަށް ވަނީހަމަޖެހިފައެވެ. ބިން ދޫކުރުމަށް ކަނޑައެޅިފައިވާ އެންމެ ކުޑަ އަގަކީ އަކަ ފޫޓަކަށް 0.60ރ (ފަސްދޮޅަސް ލާރީ) އެވެ. ބީލަމުން ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކުގެ ތަފްޞީލް ތިރީގައި އެވަނީއެވެ.

  • ބިން އޮތް ތަން: ކޮޅުމަޑުލު އޮމަދޫ އޮޑިފަންނު ސަރަޙައްދު (ޕްލޮޓް ނަމްބަރ: 03 އިން 08 އަށް)
  • ބިމުގެ ބޮޑުމިން: 375 އަކަފޫޓް
  • ދޫކުރުމަށް ހަމަޖެހިފައިވާ ބިމުގެ ޢަދަދު: 06
  • ބިން ކުއްޔަށް ދޫކުރެވޭ މުއްދަތު:    15 އަހަރު
  • ގްރޭސް ޕީރިއަޑް: 06 މަސް ދުވަސް

                ވީމާ، ބިން ކުއްޔައް ހިފުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 23 ސެޕްޓެމްބަރ 2024 ވާ ހޯމަ ދުވަހު 10:30 ގެ ކުރިން މި އިދާރާއަށް ވަޑައިގެން ނުވަތަ މި އިދާރާގެ އީމެއިލް [email protected] އަށް ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯރމް ހުށަހެޅުއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީވާން އެދޭ ފޯރމް މި އިދާރާއިންނާއި ދިވެހި ސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެއެވެ. މި ބީލަމުގައި އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

                ކަމާގުޅޭ މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ހުށަހަޅުއްވަންވީ ތާރީޚާއި ގަޑި ތިރީގައި އެވަނީ އެވެ.

ބައްދަލުވުން

ތާރީޙް

ގަޑި

ބީލަމާބެހޭ މަޢުލޫމާތު ދިނުން

24 ސެޕްޓެމްބަރ 2024 (އަންގާރަ)

10:30

އަންދާސީ ހިސާބު ހުށަހެޅުން

30 ސެޕްޓެމްބަރ 2024 (ހޯމަ)

10:30

               

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ނަމްބަރު 6780039 އާއި ގުޅުއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީވާން އެދޭ ފޯމާއި، ބީލަމުން ދޫކުރާ ބިމަށް އެދޭ ފޯމާއި، ބީލަމުން ދޫކުރާ ބިންތަކާއި ބެހޭ އުޞޫލާއި، ބީލަން ފޮތް އަދި ބިންދޫކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދުގެ ޗާޓް މި އިޢުލާނާއިއެކު އެވަނީއެވެ.

10 ސެޕްޓެންބަރު 2024
ހޯދާ