ދިވެހިރާއްޖެ
މިރަށުގައި މަސްވެރިކަމުގެ ބާވަތްތަކުން ތަކެތި އުފެއްދުމަށް ބިން ބޭނުންވާ ފަރާތްތަކަށް މިރަށު އަޙްމަދު ޢަބްދުﷲ ހިނގުމުގެ އިރު ދެކުނުން އަތިރީކައިރިން 4 ބިން ދޫކުރުމަށް ވަނީހަމަޖެހިފައެވެ.
މަސްވެރިކަމުގެ ބާވަތްތަކުން ތަކެތި އުފެއްދުމަށް ދޫކުރުމަށް ހަމަޖެހިފައިވަނީ، 2000 އަކަފޫޓުގެ ބިމެވެ. މި ބިންތަކަށް ކުލިނަގަން ހަމަޖެހިފައިވަނީ އަކަފޫޓަކަށް 30/-ރ (ތިރީސް ލާރި) ގެ ރޭޓުންނެވެ.
ވީމާ، ބިން ކުއްޔައް ހިފުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 25 ސެޕްޓެމްބަރ 2024 ވާ ބުދަ ދުވަހު 10:30 ގެ ކުރިން މި އިދާރާއަށް ވަޑައިގެން ނުވަތަ މި އިދާރާގެ އީމެއިލް [email protected] އަށް ފޯރމް ހުށަހެޅުއްވުން އެދެމެވެ.
މަސްވެރިކަމުގެ ބާވަތްތަކުން ތަކެތި އުފެއްދުމަށް ބިން ދޫކުރުމުގެ އުޞޫލު، ބިމަށް އެދޭ ފޯމް އަދި ބިން ދޫކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުގެ ޗާޓް މި އިޢުލާނާއި އެކު އާންމުކުރީމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6780039 ނަމްބަރު ފޯނާއި ގުޅުއްވުންއެދެމެވެ.