ދިވެހިރާއްޖެ
މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް، ހއ. ދިއްދޫގެ ބައެއް މަގުތަކުގައި މަގުބައްތި ޖަހައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ބީލަން ހުށަހެޅުމަށް ރަޖިސްޓަރީ ކުރުން |
ބީލަން ހުށަހެޅުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓަރީ ކުރާ ފޯމް ހުށަހެޅުމަށް ހަމަޖެހިފައިވަނީ 10 ސެޕްޓެމްބަރ 2024 ވާ އަންގާރަ ދުވަހުން ފެށިގެން 19 ސެޕްޓެމްބަރ 2024 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހަކުވެސް ހެނދުނު 09:00 އިން 14:00 އަށް ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާގެ ރިސެޕްޝަނަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް ހުށަހަޅައިގެން ނުވަތަ [email protected] އަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް މެއިލް ކޮށްގެނެވެ. |
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން |
މަޢުލޫމާތު ދިނުމަށް ވަކި ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައި ނުވެއެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން ކައުންސިލްގެ އިދާރާގެ ނަންބަރު: 6500019 އާއި ގުޅުއްވުން އެދެމެވެ. |
ބީލަން ހުށަހެޅުމަށް ބާއްވާ ބައްދަލުވުން |
30 ސެޕްޓެމްބަރ 2024 ވާ ހޯމަ ދުވަހުގެ 10:30 ގައި ކައުންސިލްގެ ޖަލްސާކުރާ މާލަމުގައެވެ. |
ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.