ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ހިޔަލަ މާކެޓުގެ ކިއޮސްކުތަށް ދޫކުރުމާގުޅޭ

ދިވެހި އަންހެން ވިޔަފާރިވެރިންނަށް ވިޔަފާރީގެ އިތުރު ފުރުސަތުތަކެއް ފަހިކުރުމުގެ ގޮތުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އެންޑް ޓްރޭޑްގެ އިސްނެގުމާއެކު މި ކޯޕަރޭޝަނުން ހުޅުމާލޭ ކޮންޓެއިނާ ޕާކު ސަރަހައްދުގައި "ހިޔަލަ ވީކެންޑް މާކެޓު"ގެ ނަމުގައި ޤާއިމުކޮށްފައިވާ ސަރަހައްދަށް ލިބެމުންދާ ތަރުޙީބަށް ބަލައި، މި ސަރަހައްދުގެ ނަން "ހިޔަލަ މާކެޓް"އަށް ބަދަލުކޮށް، މި ސަރަހައްދަކީ ވިޔަފާރީގެ ބޭނުމަށް ކޮންމެ ދުވަހަކުވެސް ހުޅުވާ ތަނެއްގެ ގޮތުގައި ވަނީ ހަމަޖައްސާފައެވެ. އަދި  ދިވެހި އަންހެން ވިޔަފާރިވެރިންނަށް ވިޔަފާރީގެ އިތުރު ފުރުސަތު ފަހިކޮށް ދިނުމުގެ ގޮތުން، މި ސަރަހައްދުގައި ބެހެއްޓިފައިވާ ކިއޮސްކްތައް 1 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ހުޅުވައިލަމެވެ. މި ގެނެވުނު ބަދަލާއެކު، ކިއޮސްކުތައް މެދުވެރިކޮށް ދިވެހި އަންހެން ވިޔަފާރިވެރިންނަށް ވިޔަފާރި ކުރުމުގެ އިތުރު ފުރުސަތުތައް ފަހިވެ، ވިޔަފާރިތައް އިތުރު ހަރުފަތަކަށް ގެންދިޔުމަށް ލިބޭނެ ވަރަށް ބޮޑު ބާރަކަށް ވެގެންދާނެކަމަށް މި ކޯޕަރޭޝުން ދެކެމެވެ.

އިސްވެދެންނެވުނު ބަދަލާއި ގުޅިގެން، "ހިޔަލަ މާކެޓު"ގެ ކިއޮސްކުތަށް ކުއްޔަށް ހިފުމަށް އެދި ފޯމު ހުށަހަޅުމުގެ ފުރުސަތު ހުޅުވައިލަމެވެ. އެގޮތުން، ކިއޮސްކުތައް ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައިވާ ފޯމު ފުރިހަމަ ކުރުމަށްފަހު، 17 ސެޕްޓެމްބަރ 2024 ވާ ދުވަހުގެ 16:00ގެ ކުރިން ހުށަހެޅުން އެދެމެވެ.

https://forms.office.com/r/Qf0Px8LzfM

މިކަމާ ގުޅޭ އިތުރު މައުލޫމާތު މި އިޢުލާނާއިއެކު ހިމަނާފައިވާ މަޢުލޫމާތު ކަރުދާހުން، ނުވަތަ 3305555 އަށް ގުޅުއްވައިގެން އަދި [email protected]  އަށް އީމެއިލް ކުރެއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

10 ސެޕްޓެންބަރު 2024
ހޯދާ