ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ހިންގާ ކޮމިޓީ އިންތިޙާބުކުރުން

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ހިންގާ ކޮމިޓީ އިންތިޙާބުކުރުން

 

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ހިންގާ ކޮމިޓީގެ މިހާރު ހިނގަމުންދާ ދައުރު 26 އޮކްޓޯބަރ 2024 ގައި ހަމަވާނެއެވެ.

ވީމާ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ހިންގާ ކޮމިޓީ އައު ދައުރަކަށް އިންތިޙާބުކުރުމަށް ބާއްވާ އިންތިޙާބީ ޖަލްސާ 20 ސެޕްޓެމްބަރ 2024 ވާ ހުކުރު ދުވަހު ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް ހިންގާ ޤަވާއިދުގެ ދަށުން ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ހިންގާ ކޮމެޓީގެ ތިރީގައި ބަޔާންކޮށްފައިވާ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

  • ޕްރެސިޑެންޓް
  • ވައިސް ޕްރެސިޑެންޓް
  • ފުރިހަމަ މެންބަރުންގެ ތެރެއިން ހޮވާ 4 މެންބަރުން
  • އެސޯސިއޭޓް މެންބަރުންގެ ތެރެއިން 2 މެންބަރުން
  • ފަރުދީ މެންބަރުންގެ ތެރެއިން 1 މެންބަރު

އިސްވެދިޔަ މަޤާމުތަކަށް މެންބަރުން ހޮވާނީ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ އިންތިހާބީ ޢާންމު ޖަލްސާގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.

މިގޮތުން މަތީގައި ބަޔާންކޮށްފައިވާ މަޤާމުތަކަށް ކުރިމަތިލާން އެދިލައްވާ ބޭފުޅުން 15 ސެޕްޓެމްބަރ 2024 ވާ އާދިއްތަ ދުވަހުގެ 15:00 ގެ ކުރިން މަޤާމުތަކަށް ކުރިމަތިލުމަށް އެދޭ ފޯމް ފުރިހަމަ

ކުރެއްވުމަށްފަހު ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއަށް ހުށައެޅުއްވުން އެދެމެވެ. މަޤާމުތަކަށް ކުރިމަތިލުމަށް އެދޭ ފޯމް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް މައި އޮފީހުން ލިބިވަޑައި ގަންނަވާނެއެވެ.

އަދި މަޤާމުތަކަށް ކުރިމަތިލުމަށް އެދޭ ފޯމް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް ވެބްސައިޓްwww.maldivescricket.org    ޑައުންލޯޑް ކުރެވޭނެއެވެ.

އަދި މިޖަލްސާ ބޭއްވޭނެ ތަނާއި، ގަޑި އަދި އެޖެންޑާ ފަހުން އަންގާ އިޢުލާން ކުރެވޭނެއެވެ.

 

އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ 3325503 ނަންބަރާއި ގުޅުއްވުން އެދެމެވެ.

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

ފޯން: 3325503

[email protected]

09 ސެޕްޓެންބަރު 2024
ހޯދާ