މޯލްޑިވްސް ޕޮލިޓެކްނިކް
ދިވެހިރާއްޖެ
ކެންޓީނުގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދަން

އަންދާސީހިސާބު ބޭނުންވެއްޖެ

މޯލްޑިވްސް ޕޮލިޓެކްނިކްގައި ކެންޓީނުގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު އިއުލާނު ނަންބަރު IUL)213-PR/1/2015/28) އަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ އެއިޢުލާނު ބާޠިލުކޮށް، އަލުން އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މޯލްޑިވްސް ޕޮލިޓެކްނިކްގައި އަމިއްލަ ތަކެތީގައި ކެންޓީނެއް ހިންގަން ޝައުޤުވެރިވާ ފަރާތްތަކުން 2015 ޖޫން 21 ވާ އާދީއްތަ ދުވަހުގެ 11:00އަށް ޕޮލިޓެކްނިކަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 ޖޫން 25 ވާ ބުރާސްފަތި ދުވަހުގެ 11:00އަށް ޕޮލިޓެކްނިކަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ގަޑިއަށް ހާޒިރުނުވާ ފަރާތްތަކާއި އަންދާސީހިސާބު ހުށަހެޅުމަށް ގަޑިއަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައެއް ނުގަނެވޭނެއެވެ.

22 ޝަޢުބާން 1436

09 ޖޫން 2015
ހޯދާ