މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޤަވާއިދާއި ޚިލާފަށް މާލެއާއި ވިލިނގިލީގެ ފަޅުގެ އެކި ސަރަޙައްދުތަކުގައި ދަތުރުނުކޮށް އަޅާފައި ހުންނަތާ ގިނަދުވަސްވެފައިވާ އުޅަނދުފަހަރު ނެގުމާއި ބެހޭ.

ތިރީގައި އެވާ އުޅަނދު ފަހަރަކީ މާލެއާއި ވިލިނގިލީގެ ފަޅު ބެލެހެއްޓުމާބެހޭ ޤަވާއިދާއި ޚިލާފަށް، އުޅަނދު ބަލަހައްޓާނެ ފަރާތެއް ނެތި އެއްގޮތަކަށްވެސް ދަތުރުނުކޮށް ގިނަދުވަސްތަކެއް ވަންދެން ފަޅުތެރޭގެ އެކިސަރަޙައްދުތަކުގައި އަޅާފައި ހުންނަ އުޅަނދުފަހަރާއި އަދި  ރަޖިސްޓްރީ ނަމްބަރ އެއްގޮތަކަށްވެސް ނުޖަހާ ހުންނަ އުޅަނދުފަހަރެވެ. އަދި މިކައުންސިލަށް މަޢުލޫމާތު ލިބިފައިވާގޮތުގައި  މީގެތެރެއިން ބައެއް އުޅަނދު ފަހަރު ބޭނުންކުރުމަށް ގެންދަނީ މާލެތެރެއިން ތަފާތު ވައްކަންކޮށްގެން ނަގާ ތަކެތި ރައްކާ ކުރުމަށާއި އެފަދަ ވައްކަން ތަކުގައި އުޅޭ ފަރާތްތަކުން ނިދާ ކައިބޮއި ހަދަމުން ގެންދިއުމަށް ކަމަށްވެސް ފާހަގަ ކުރެވިފައެވެ. އަދި މި އުޅަނދު ފަހަރުގެ ސަބަބުން ފަޅުގެ ޤަވާއިދާ އެއްގޮތަށް ހުއްދަނަގައިގެން ފަޅުބޭނުންކުރާ ފަރާތްތަކަށް ވަރަށް ބޮޑަށް ދަތިވަމުންދާކަންވެސް ވަނީ ފާހަގަކުރެވިފައެވެ .

ވީމާ 30 ސެޕްޓެންބަރ 2024 ގެ ނިޔަލަށް، އެފަދަ އުޅަނދުފަހަރުގެ ވެރިފަރާތްތަކުން އެއުޅަނދުފަހަރު މާލެއާއި ވިލިނގިލީގެ ފަޅުން ނެންގެވުމަށާއި، މިތާރީޚްގެ ފަހުން ނުނަންގަވާ ހުންނަ އެފަދަ އުޅަނދުފަހަރަކީ ބަލަހައްޓާނެ ފަރާތެއް ނެތި ފަޅުތެރެއަށް ދޫކޮށްލާފައި ހުރި އުޅަނދުފަހަރުކަމަށް ބަލާ  ' މާލެއާއި ވިލިނގިލީގެ ފަޅު ބެލެހެއްޓުމާބެހޭ ޤަވާއިދު ' އާއި އެއްގޮތަށް މިކައުންސިލުން އެފަދަ އުޅަނދުފަހަރު ނެގުމުގެ މަސައްކަތް ކުރަމުން ގެންދާނެ ވާހަކަ ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

 

#

އުޅަނދުގެ ރަޖިސްޓްރީ ނަމްބަރ

އުޅަނދުގެ ނަން

އުޅަނދު އަޅާފައިވާ ސަރަހައްދު

1

P4020B.01.01B

މުނިޔާ

މާލޭ މަސްމާރުކޭޓް ކުރިމަތި ފަޅުގެ ބޭރުތޮށި ކައިރި

2

P4034A.01.10N

އުންމީދު

މާލޭ މަސްމާރުކޭޓް ކުރިމަތި ފަޅުގެ ބޭރުތޮށި ކައިރި

3

C4069A.03.10T

އެސްޓަރ

މާލޭ މަސްމާރުކޭޓް ކުރިމަތި ފަޅުގެ ބޭރުތޮށި ކައިރި

4

ރަޖިސްޓްރީ ނަމްބަރ ނުޖަހާ

ނަން ނުޖަހާ

މާލޭ ދެކުނު ބަނދަރު ނެރުގެ އިރަށް ބޭރުތޮށި N ބުލޮކު 4 އަދި 5 ގައި

5

ރަޖިސްޓްރީ ނަމްބަރ ނުޖަހާ

ނަން ނުޖަހާ

މާލޭ ދެކުނު ބަނދަރު ނެރުގެ އިރަށް ބޭރުތޮށި k ބުލޮކު 4 ގައި

10 ސެޕްޓެންބަރު 2024
ހޯދާ