އަރިއަތޮޅު އުތުރުބުރީ ހިމަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމުލައިސަންސް ޓްރެކެއް ހެދުން

މިއިދާރާއިންދޭ ކުރެހުމާއި،މަޢުލޫމާތާއި އެއްގޮތަށް މިރަށުގައި އެއްގަމުލައިސަންސް ޓްރެކެއް ހެދުމަށް ބޭނުންވެއްޖެއެވެ.

ވީމާ،މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ރަޖިސްޓްރީވުމަށް ހުޅުވާލެވިފައިވާ ސުންގަޑި ހަމަވުމުގެ ކުރިން [email protected] އަށް އީމެއިލް ކޮށް ބިޑްގައި ރަޖިސްޓްރީވުމަށްފަހު ބަޔާންކޮށްފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުމަށް ދަންނަވަމެވެ. ބިޑްގައި ރަޖިސްޓްރީ ވުމަށްޓަކައި ކުރާ އީމެއިލްގައި ރަޖިސްޓްރީވާ ފަރާތުގެ ވިޔަފާރީގެ ނަން،ވިޔަފާރީގެ ރެޖިސްޓްރީ ނަންބަރ،މަސްޢޫލުވާ ފަރާތުގެ ނަން،އީމެއިލް އެޑްރެސް އަދި ފޯނުނަންބަރ ހިމެނޭގޮތަށް ހުށަހަޅަންވާނެވެ. މިކަމަށް ކުރިމަތިލެވޭނީ ޤާނޫން ނަންބަރ 2014/18 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކާއި،ޤާނޫން ނަންބަރ 19/2014 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި ތަކަށެވެ.

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

ބީލަމުގައި ރަޖިސްޓްރީ ވުމުގެ ސުންގަޑި

19/09/2024

ބުރާސްފަތި

12:00

އަންދާސީ ހިސާބް ހުށަހެޅުމުގެ ސުންގަޑީ

22/09/2024

އާދިއްތަ

13:00

 

 

         އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މި އިދާރާގެ ފޯން ނަންބަރ 6660061 އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

10 ސެޕްޓެންބަރު 2024
ހޯދާ