އަރިއަތޮޅު ދެކުނުބުރީ ދިއްދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
މިކްސް ވޮލީ މުބާރާތް 2024

 

އިޢުލާނު

 

ކައުންސިލުން ރަށު ފެންވަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ، 'މިކްސް ވޮލީ މުބާރާތް 2024'

  އދ.ދިއްދޫ ރައްޔިތުންގެ މެދުގައި އެކުވެރިކަން ބަދަހި ކުރުމަށާއި، ވޮލީބޯޅައިގެ ރޫޙު ދިރުވައި އާލާކޮށް ހުނަރުވެރި ވޮލީ ކުޅުންތެރިން އުފެއްދުމަށާއި ޞިއްޙީ ގޮތުން ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމުގެ މަޤުޞަދުގައި ދިއްދޫ ކައުންސިލުން އިންތިޒާމްކޮށްގެން 01 އޮކްޓޫބަރ 2024 ވަނަ ދުވަހު އދ.ދިއްދޫގައި 'މިކްސް ވޮލީ  މުބާރާތެއް' ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

                  ވީމާ، މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ޓީމްތަކުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު 22 ސެޕްޓެމްބަރ 2024 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މުބާރާތުގެ ޤަވާޢިދާއި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް މިއިޢުލާނާއެކު ޢާންމުކުރި ވާހަކަވެސް ދެންނެވީމެވެ. އަދި މުބާރާތުގައި ބައިވެރިވާ ޓީމް ތަކުން ހުށަހަޅަންޖެހޭ ޓީމް ލިސްޓް ހުށަހަޅާ ފޯމް ފުރިހަމަކުރުމަށްފަހު 22 ސެޕްޓެމްބަރ 2024 ވާ އާދިއްތަ ދުވަހުގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި ޓީމް ލިސްޓް ހުށަހަޅާ ފޯމް މިއިދާރާގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުވިދާނެ ކަމުގައިވެސް ދެންނެވީމެވެ. މިމުބާރާތް އަދި މުބާރާތުގެ ޤަވާޢިދާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ރަސްމީ ގަޑީގައި ކައުންސިލް އިދާރާގެ ނަމްބަރ 6680057 އަށް ގުޅުއްވުމަށްވެސް ދެންނެވީމެވެ.

                  މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.

 

7 ރަބީޢުލްއައްވަލް 1446

 

     

                              10 ސެޕްޓެމްބަރ 2024

10 ސެޕްޓެންބަރު 2024
ހޯދާ