ދިވެހިރާއްޖެ
ކުނިނެގުމުގެ ޚިދުމަތަށް ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލުން
ރަށުގައި އުފެދޭކުނި މެނޭޖްކުރުމުގެ މަސައްކަތުގެ ތެރެއިން ރަށުގައި އުފެދޭކުނި ކައުންސިލްގެ ފަރާތުން ނެގުމުގެ މަސައްކަތް ފެށުމަށް ކައުންސިލުން މިދަނީ ތައްޔާރުވަމުންނެވެ. އެގޮތުން ކުނިނެގުމުގެ ޚިދުމަތަށް ރަޖިސްޓްރީވުމަށް އެދުމުގެ ފުރުސަތު ހުޅުވާލަމެވެ.
ކުނިނެގުމުގެ ޚިދުމަތަށް ރަޖިސްޓްރީވުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅާ ފޯމު ފުރިހަމަކޮށް 2024 ސެޕްޓެމްބަރ 19ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިލަދުންމަޑުލުއތުރުބުރީ ފޭދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުން އެދެމެވެ. ފޯމް ދޫކުރުމާއި ބަލައިގަތުން ހަމަޖެހިފައިވާގޮތް ތިރީގައި އެވަނީއެވެ. ފޯމާއި އުޞޫލު މިއިއުލާނާއިއެކު ގެޒެޓު ކުރެވިފައިވާނެއެވެ.
ފޯމު ބަލައިގަންނަން ފަށާ ތާރީޚް: |
10 ސެޕްޓެމްބަރ 2024 |
ފޯމު ދޫކުރުމާއި / ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑި: |
ރަސްމީ ކޮންމެ ދުވަހެއްގެ 9:00 ން 12:00 އަށް |
ފޯމު ދޫކުރުމާއި / ބަލައިގަތުމަށް ހަމަޖެހިފައިވާ ތަން: |
މިލަދުންމަޑުލުއުތުރުބުރީ ފޭދޫ ކައުންސިލްގެ އިދާރާ |
ފޯމު ބަލައިގަންނާނެ އެންމެ ފަހު ތާރީޚް/ގަޑި: |
19 ސެޕްޓެމްބަރ 2024 ، 12:00 |
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން 6540045 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.