ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރު ފެންހަޓް މަރާމާތުކޮށް ކުއްޔަށް ހިފާނެ ފަރާތެއް ހޯދުން

މި އިދާރާއިންދޭ މައުލޫމާތާއި އެއްގޮތަށް ބަނދަރު ފެންހަޓް މަރާމާތުކޮށް 1 (އެކެއް) އަހަރު މުއްދަތަށް ކުއްޔަށް ހިފާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)422-B1/422/2024/51 އިއުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އެ އިއުލާން ބާޠިލްކޮށް އަލުން އިއުލާން ކުރަމެވެ. މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން 2024 ސެޕްޓެމްބަރ 16 ވާ ހޯމަ ދުވަހުގެ 10:00 ގައި ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި  ބާއްވާ މައުލޫމާތު ބައްދަލުވުމުގައި ބައިވެރިވެ ބީލަން ހުށަހެޅުމަށް ރަޖިސްޓަރ ވުމުގެ ދައުވަތު އަރުވަމެވެ. މި އިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް، މައުލޫމާތު ބައްދަލުވުމުގައި ރަޖިސްޓަރވާ ފަރާތްތަކަށް އީމެއިލް ކުރެވޭނެވެ.

ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 2024 ސެޕްޓެމްބަރ 24 ވާ އަންގާރަ ދުވަހުގެ 13:00 ގައި މި އިދާރާގެ ޖަލްސާކުރާ މާލަމުގައި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޟިރުގައެވެ. ބީލަން ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވެފައެވެ.

މައުލޫމާތު ބައްދަލުވުމުގައި ބައިވެރިނުވާފަރާތްތަކާއި ގަޑިޖެހިގެން އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

09 ސެޕްޓެންބަރު 2024
ހޯދާ