މާލެއަތޮޅު ގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކ. ގުރައިދޫ އިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމަށް ހުޅުވާލުން

އިޢުލާން

ކ. ގުރައިދޫ އިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމަށް ހުޅުވާލުން:

ކ. ގުރައިދޫއިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމަށް އަލުން ހުޅުވާލުމަށް 02 ސެޕްޓެމްބަރ 2024 ވަނަ ދުވަހު ބޭއްވި މިކައުންސިލްގެ 167 ވަނަ އާއްމު ޖަލްސާއިން ފާސްކޮށް، މިއިދާރާގެ ނަންބަރ: (OTHER)338-AHR/338/2023/2 (10 ޖުލައި 2023) އިޢުލާނުން އާއްމުކޮށްފައިވާ "ކ. ގުރައިދޫއިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލު" އަށް އިސްލާހު ގެނެވިފައިވާތީ އުސޫލާއި އެއްގޮތަށް ރަށުގެ ލޭންޑް ޔޫސް ޕްލޭންގައި ފާހަގަކޮށްފައިވާ ސަރަހައްދުން 195 ގޯއްޗަށް އެދި ފޯމް ފުރިހަމަކޮށް ހުށަހެޅުމުގެ ފުރުޞަތު އާއްމުކޮށް ހުޅުވާލަމެވެ. މިއިޢުލާނާއި ގުޅިގެން ކުރިން ހުށަހަޅާފައިވާ ފޯމުތައް ބާތިލު ނުވާނެއެވެ. އަދި ކުރިން ކުރެވިފައިވާ މިއިދާރާގެ ނަންބަރު: (IUL)338-ESMS/338/2023/60 (20 ޖުލައި 2023) އިޢުލާނާ ގުޅިގެން ފޯމު ހުށަހަޅާފައިވާ ފަރާތްތަކުން އަލުން ފޯމް ހުށަހަޅަން ޖެހޭނީ އެފަރާތުގެ މަޢުލޫމާތައް ބަދަލެއް އައިސްފައިވާނަމަ ނުވަތަ އިތުރު ލިއެކިއުމެއް ހުށަހަޅަން ބޭނުންވާނަމައެވެ.

މި އިޢުލާނާއި ގުޅޭ އިތުރު މަޢުލޫމާތު ތިރީގައި އެވަނީއެވެ. 

ގޯއްޗަށް އެދޭ މީހުންގެ ކިބައިގައި ހުންނަންވާ ޝަރުތުތައް:

  1. ދިވެހި ރައްޔިތެއް ކަމުގައިވުން.
  2. ގޯތި ދޫކުރުމަށް ކުރެވޭ އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚާ ހަމައަށް މީލާދީގޮތުން ޢުމުރުން 18 އަހަރު ފުރިފައިވާ މީހެއްކަމުގައިވުން.
  3. ބަންޑާރަ ގޯއްޗެއް ނުވަތަ ގޯއްޗަކުން ބައެއް ނުވަތަ އަމިއްލަ ގޯއްޗެއް ނުވަތަ ގޯއްޗަކުން ބައެއް ގޯއްޗަށް އެދޭ ފަރާތުގެ ނަމުގައި ރަޖިސްޓްރީވެފައި ނުވަތަ ލިބިފައި ނެތުން.
  4. ގޯއްޗަށް އެދޭ ފަރާތަށް ބަންޑާރަ ނުވަތަ އަމިއްލަ ގޯއްޗަކުން ތަރިކައިން ލިބެން އޮންނަބައި މި އުޞޫލާއި އެއްގޮތަށް ދޫކޮށްލަން އެއްބަސްވުން. (އެފަދައިން ދޫކޮށްލަން އެއްބަސްވާކަމުގެ އިޤުރާރު ފޯމާއިއެކު ހުށައަޅަންވާނެއެވެ).
  5. ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢެއްގެ ދަށުން ލިބިފައިވާ ފްލެޓެއް ނުވަތަ ރޯހައުސްއެއް ނުވަތަ އެއްމެދު ޢިމާރާތެއްގެ ފްލެޓެއް ގޯއްޗަށްއެދޭ ފަރާތުގެ ނަމުގައި ރަޖިސްޓްރީވެފައި ނެތުން ނުވަތަ ލިބިފައި ނެތުން. ނުވަތަ މިފަދަ ބެއެއް ގަތުމަށް ގަނެވިއްކުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ފަރާތެއްކަމުގައި ނުވުން.
  6. ރާއްޖޭގެ އެއްވެސް ރަށަކުން ގޯއްޗެއް ނުވަތަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢެއްގެ ދަށުން ލިބިފައިވާ ފްލެޓެއް ނުވަތަ ރޯހައުސްއެއް ނުވަތަ އެއްމެދު ޢިމާރާތެއްގެ ފްލެޓެއް ގޯއްޗަށް އެދޭ ފަރާތުގެ ނަމުގައި އޮވެ އެތަން ދޫކޮށްލާތާ ނުވަތަ ވިއްކާފައިވާތާ 2 (ދޭއް) އަހަރު ދުވަހަށްވުރެ ގިނަ ދުވަސްވެފައިވުން. 

ފޯމް ދޫކުރުން:

މިއަދުން ފެށިގެން ދިވެހި ސަރުކާރުގެ ގެޒެޓުން ފޯމް ޑައުންލޯޑް ކުރެވޭނެއެވެ. އަދި 19 ސެޕްޓެމްބަރ 2024 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 9:30 އިން 12:30 އަށް މިއިދާރާގެ ކައުންޓަރުން ފޯމް ލިބެން ހުންނާނެއެވެ. މީގެއިތުރުން ކުރިން ކުރެވިފައިވާ މިއިދާރާގެ ނަންބަރު: (IUL)338-ESMS/338/2023/60 (20 ޖުލައި 2023) އިޢުލާނާއިއެކު އެޓޭޗް ކުރެވިފައިވާ ފޯމުވެސް ބަލައިގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 

ފޯމް ބަލައިގަތުން:

ފޯމް ބަލައިގަތުން އޮންނާނީ 16 ސެޕްޓެމްބަރ 2024 ވާ ހޯމަ ދުވަހުން ފެށިގެން 19 ސެޕްޓެމްބަރ 2024 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 09:00 ން 11:30 އަށް އަދި 13:00 އިން 14:00އަށް މިއިދާރާގެ ކައުންޓަރުންނެވެ. 

މި އިޢުލާނާއެކު ތިރީގައިވާ ތަކެތި އެއްކަރުދާސް ކުރެވިފައިވާނެއެވެ.

  1. ކ. ގުރައިދޫއިން ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯއްޗަށް އެދޭ ފޯމު.
  2. ކ. ގުރައިދޫއިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާއިބެހޭ އުސޫލު" (01 ވަނަ އިޞްލާޙުން ގެނެވުނު އިޞްލާޙުތަކާއެކު).
  3. ގޯތި ދޫކުރާ ސަރަހައްދު ދައްކުވައިދޭ ރަށުގެ ޗާޓު.

ވީމާ، މިއަދުން ފެށިގެން ދިވެހި ސަރުކާރުގެ ގެޒެޓުން ފޯމް ޑައުންލޯޑް ކުރެވޭނެއެވެ. އަދި ކައުންސިލުން ފާސްކޮށްފައިވާ އުސޫލާއި އެއްގޮތަށް ބަންޑާރަ ގޯއްޗަށް އެދި ހުށައެޅުމަށް ބޭނުންވާ ފޯމް ރަސްމީ ކޮންމެ ދުވަހަކު 09 ސެޕްޓެމްބަރ 2024 ވާ ހޯމަ ދުވަހުން ފެށިގެން 12 ސެޕްޓެމްބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 9:30 އިން 12:30 އަށް މިއިދާރާގެ ކައުންޓަރުން ފޯމު ލިބެން ހުންނާނެއެވެ.

އަދި ފޯމް ބަލައިގަތުން އޮންނާނީ 16 ސެޕްޓެމްބަރ 2024 ވާ ހޯމަ ދުވަހުން ފެށިގެން 19 ސެޕްޓެމްބަރ 2024 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 9:00 އިން 11:30 އަށް އަދި 13:00 އިން 14:00 އަށް މިއިދާރާގެ ކައުންޓަރުންނެވެ.

                              މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

                             05 ރަބީޢުލްއައްވަލް 1446

                             09 ސެޕްޓެމްބަރ 2024

09 ސެޕްޓެންބަރު 2024
ހޯދާ