ދިވެހިރާއްޖެ
އިޢުލާން
ތިނަދޫސިޓީ ކައުންސިލް އިދާރާގެ މުވައްޒަފުންގެ ވޯކިން ޔުނީފޯމް ހޯދުމަށް އިޢުލާން ކުރުން:
މިއިދާރާއިން ދޭ މަޢުލޫމާތާއި އަދި ނަމޫނާއާއި އެއްގޮތަށް ޓީޝާރޓް ހަދައި ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނުކުރަމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓަރ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު/ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް ބިޑަށް ރަޖިސްޓަރ ކުރައްވާ ހުރިހާ ފަރާތްތަކަށް މެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ. ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 19 ސެޕްޓެމްބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ވަޑައިގެން ނުވަތަ މެއިލް [email protected] މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މި އިޢުލާނާއި އެކު ރެޖިސްޓްރޭޝަން ފޯރމް އެއްކަރުދާސް ކުރެވިފައިވާނެއެވެ.
| 
 | ތާރީޚް | ދުވަސް | ގަޑި | ތަން | 
| ރެޖިސްޓްރޭޝަން މުއްދަތު | 11 ސެޕްޓެންބަރު 2024 އިން 19 ސެޕްޓެމްބަރ 2024 އަށް | - | 
 | ތިނަދޫ ސިޓީ ކައުންސިލް އިދާރާ / އީމެއިލް މެދުވެރިކޮށް | 
| ބީލަން ހުށަހެޅުން | 01 އޮކްޓޯބަރު 2024 | އަންގާރަ | 11:00 | ތިނަދޫ ސިޓީ ކައުންސިލް އިދާރާގެ މީޓިންގް ރޫމް | 
 
                    