މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ވާރކްސްޓޭޝަން ގަންނަން
މިއޮފީހުން ދޭ މަޢުލޫމާތާ އެއްގޮތަށް، މިއޮފީހަށް ވާރކްސްޓޭޝަން ގަންނަން ބޭނުންވެގެން ކުރި ނަންބަރު IUL)14-A3/1/2015/38) އިޢުލާނަށް ހުށަހަޅާފައިވާ އަންދާސީހިސާބުގެ މަޢުލޫމާތު ފުރިހަމަނުވާތީ، އެއިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނު ކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 21 ޖޫން 2015 ވާ އާދީއްތަ ދުވަހުގެ 14:00 އަށް ކަސްޓަމްސްގެ ހެޑްއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 25 ޖޫން 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށްކަސްޓަމްސްގެ ހެޑްއޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށެވެ.
22 ޝަޢުބާން 1436
09 ޖޫން 2015
ހޯދާ