ދިވެހިރާއްޖެ
ސިޓީލާ ނީލަމުގައި މި އިދާރާގެ 250 ހޯސްޕަވަރ ގެ 02 ޔަމަހާ ޕަވަރހެޑް ވިއްކާލުމާގުޅޭ.
މި އިދާރާގެ ތިރީގައި މި ދަންނަވާ ތަކެތި ސިޓީލާ ނީލަމުގައި ވިއްކާލުމަށް ބޭނުންވެއްޖެއެވެ.
ނީލަމުގެ ތަފްޞީލް |
|||
އައިޓަމް ނަންބަރު |
ތަކެތީގެ ބާވަތް |
ފެށޭ އަގު |
އަގަށް އިތުރުކުރެވޭ މަދު މިންވަރު |
1 |
250 ހޯސްޕަވަރގެ ޔަމަހާ ޕަވަރހެޑް |
20،000.00 (ވިހި ހާސް) ރުފިޔާ |
3000.00 (ތިންހާސް) ރުފިޔާ |
2 |
250 ހޯސްޕަވަރގެ ޔަމަހާ ޕަވަރހެޑް |
20،000.00 (ވިހި ހާސް) ރުފިޔާ |
3000.00 (ތިންހާސް) ރުފިޔާ |
މި ތަކެތި ބަލަން ބޭނުންވާ ފަރާތްތަކުން، 10 ސެޕްޓެންބަރު 2024 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 އަށް މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާއަށް ޙާޟިރުވުން އެދެމެވެ. މި ނީލަމުގައި ބައިވެރިވެވަޑައިގަތުމަށް ޝައުޤުވެރިވާ ފަރާތްތަކުން ހުށައަޅާ އަގު ބަޔާންކޮށް 11 ސެޕްޓެންބަރު 2024 ވާ އަންގާރަ ދުވަހުން ފެށިގެން ރަސްމީދުވަސްތަކުގެ 13:00 ގެ ކުރިން މި އިޢުލާނާއި އެކު އެއްކަރުދާސް ކުރެވިފައިވާ NL04 ފޯމް ފުރިހަމަކުރުމަށްފަހު ސިޓީއުރައެއްގައި ބަންދުކޮށް މިއިދާރާގެ ކައުންޓަރަށް ހުށައެޅުއްވުން އެދެމެވެ.
ކޮންމެ ދުވަހެއްގައި ހުށައަޅާ އެންމެ މަތީ އަގު އެ ދުވަހެއްގެ 14:00 ގެ ފަހުން މި އިދާރާގެ ނޯޓިސްބޯޑާއި، ފޭސްބުކުޕޭޖް (https://www.facebook.com/raa.atoll.council/) އަދި ކޮމިއުނިޓީ ވައިބަރ ގްރޫޕް ގައި އާންމު ކުރެވޭނެވެ.
ނީލަމަށް ހުޅުވާލާތާ 7 (ހަތެއް) ދުވަސް ތެރޭގައި ޖެހިޖެހިގެން ރަސްމީ 2 (ދޭއް) ދުވަސް އެއް އަގެއް ހުށައެޅިފައި ވާނަމަ އެފަރާތަކަށް ނީލަން ކާމިޔާބު ވާނެއެވެ. އެއް އަގެއް ދެފަރާތަކުން ހުށައަޅާފައި ވާނަމަ އާންމު ކުރެވޭނީ ފުރަތަމަ ހުށައެޅި ފަރާތުގެ އަގެވެ. ނީލަން ކާމިޔާބު ވިކަން އަންގާތާ ރަސްމީ 5 (ފަހެއް) ދުވަސް ތެރޭގައި ފައިސާ ދައްކާ ޚަލާސްކޮށް، މުދަލާއި ހަވާލުވާން ވާނެއެވެ.
އިތުރު މަޢުލޫމާތު ހޯދުމަށް ރަސްމީގަޑީގައި މި އިދާރާގެ 6580536، ނަމްބަރަށް ގުޅުއްވުން އެދެމެވެ.