ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މި ހޮސްޕިޓަލުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި މަޤާމްތަކަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހުންނެވެ.
މަޤާމް |
ރިސެޕްޝަނިސްޓް |
||
ބޭނުންވާ އަދަދު |
44 |
މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1 |
ރޭންކް: GS3 |
މުސާރަ |
މަހަކު -/4465 ރުފިޔާ |
||
ސަރވިސް އެލަވަންސް |
މަހަކު -/1500 ރުފިޔާ |
||
ރިސްކް އެލަވަންސް |
-/25 ރުފިޔާ (މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް) |
||
ޑިޕާޓްމަންޓް /ސެކްޝަން |
ކަސްޓަމަރ ރިލޭޝަންސް |
||
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް |
|
||
ތަޢުލީމާއި ތަޖުރިބާ:
|
|
||
މި މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް |
(މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 55 އަށްވުރެ ގިނަނަމަ، އިންޓަވިއުއަށް ކިޔާނީ، ތަޢުލީމާއި ތަމްރީނަށް ބަލައިގެން 55 ފަރާތެއް ޝޯޓް ލިސްޓު ކުރުމަށްފަހުގައެވެ.) |
މަޤާމް |
މީޑިއާ އޮފިސަރ |
||
ބޭނުންވާ އަދަދު |
2 (ދޭއް) |
މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްޜޭޑް 1 |
ރޭންކް: MS 1 |
މުސާރަ |
މަހަކު -/5610 ރުފިޔާ |
||
ސަރވިސް އެލަވަންސް |
މަހަކު -/2000 ރުފިޔާ |
||
ރިސްކް އެލަވަންސް |
-/25 ރުފިޔާ (މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް) |
||
ޑިޕާޓްމަންޓް /ސެކްޝަން |
އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް / އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ |
||
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް |
1- މި ހޮސްޕިޓަލުގެ ވެބްސައިޓް އަޕްޑޭޓްކުރުމާއި ބެލެހެއްޓުން. 2- ހޮސްޕިޓަލުން ނެރޭ ނޫސްބަޔާން، ރިޕޯޓްފަދަ ލިޔުންތައް، ޑިޕާޓްމަންޓުގެ ހެޑްގެ މަޝްވަރާގެމަތިން ލިޔުމާއި، މީޑިއާތަކަަށް ފޮނުވަންޖެހޭ ލިޔުންތައް ފޮނުވުން. 3- ހޮސްޕިޓަލުގެ އަހަރީ ރިޕޯޓް އެކުލަވާލައި، އަހަރީ ރިޕޯޓުގެ މަޢުލޫމާތުތައް ވެބްސައިޓަށް އަޕްލޯޑްކުރުން. 4- މީޑިއާގައި ހުންނަ ހޮސްޕިޓަލާ ގުޅޭ ޚަބަރުތައް ދިރާސާކުރުން. 5- ހޮސްޕީޓަލުން ބާއްވާ ނޫސް ކޮންފަރެންސްތަކުގެ އިންތިޒާމްތައް ހަމަޖެއްސުން، 6- ހޮސްޕިޓަލުގެ ޚިދުމަތްތައް ރޭވިފައިވާގޮތާއި، އަލަށް ތައާރަފްކުރެވޭ ޚިދުމަތްތަކާ ގުޅޭ މައުލޫމާތު ޓީވީއާއި ރޭޑީއޯ ޗެނަލްތައް މެދުވެރިކޮށް އާއްމުންނަށް އަންގައިދިނުމަށް ތަފާތު ޕްރޮގްރާމްތައް ހިންގުން. |
||
ތަޢުލީމާއި ތަޖުރިބާ
|
1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ؛ 3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން. |
||
މި މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
|
( މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، އިންޓަރވިއުއަށް ކިޔާނީ، ތަޢުލީމާއި ތަމްރީނަށް ބަލައިގެން 10 ފަރާތެއް ޝޯޓް ލިސްޓު ކުރުމަށްފަހުގައެވެ.) |
ހުށަހަޅަންޖެހޭ ލިޔުންތައް
|
ސިވިލް ސަރވިސްގެ މުވައްޒަފުންގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓްފިކެޓްތައްވެސް (އެކްރެޑިޓްކޮށްފައި ނުވިނަމަވެސް) ސިވިލް ސަރވިސްގެ މަޤާމުތަކުގެ އަސާސީ ޝަރުޠު ފުރިހަމަކުރުމުގައި ބެލެވޭނެއެވެ. ނޯޓު: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ ފޯމުތައް ބާޠިލު ކުރެވޭނެއެވެ. |
ޢިނާޔަތްތައް |
ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. |
ފޯމް ބަލައިގަތުމާއި ދޫކުރުން |
2015 ޖޫން 11 ވާ ބުރާސްފަތި ދުވަހުން ފެށިގެން ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08.30 ން މެންދުރުފަހު 14.30 އަށް އަދި ރަމަޟާންމަހު ހެނދުނު 10.30 ން ފެށިގެން މެންދުރުފަހު 13.30 އަށް |
ސުންގަޑި |
2015 ޖޫން 23 އަންގާރަ ދުވަހުގެ 13.30 ގެ ކުރިން އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް. (2015 ޖޫން 23 އަންގާރަ ދުވަހުގެ 13.30 ގެ ފަހުން ހުށަހަޅާ އެއްވެސް ލިޔުމެއް، ފޯމެއް ބަލައެއް ނުގަނެވޭނެއެވެ. |
އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން |
2015 ވަނަ އަހަރުގެ ޖޫންމަހާއި ޖުލައިމަހުގެ ތެރޭގައި، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި. |
އިތުރު މަޢުލޫމާތު |
މަޢުލޫމާތު ސާފުކުރަން ގުޅާނެ ނަންބަރަކީ، 3335234 ނަންބަރު ފޯނަށް ނުވަތަ 3335343 ނަންބަރު ފޯނަށެވެ. |
22 ޝަޢުބާން 1436 |