ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ތިރީގައި މިދަންނަވާ މަޤާމަށް މީހުން ބޭނުންވެއްޖެއެވެ.
މަޤާމުގެ ނަން: |
އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ) |
މަޤާމުގެ މުއްދަތު: |
6 މަސްދުވަސް (ކޮންޓްރެކްޓް އުޞޫލުން) |
ސެކްޝަން/ޑިޕާޓްމަންޓް: |
ޝަރީޢަތްކުރުމާބެހޭ ސެކްޝަން |
ބޭނުންވާ އަދަދު: |
1 (އެކެއް) |
މަޤާމުގެޝަރުޠު: |
މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، ޘާނަވީ އިމްތިޙާނަކުން މަދުވެގެން 2 މާއްދާއިން ދަށްވެގެން "ޑީ" ފާސް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން. |
މަޤާމުގެ މަސްޢޫލިއްޔަތު: |
ޝަރީޢަތް ކުރާ ސެކްޝަންގައި ކުރަންޖެހޭ އިދާރީ މަސައްކަތް ކުރުން. |
އުޖޫރަ: |
މުސާރަ: -/4465 ރުފިޔާ (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ) ސަރވިސް އެލަވަންސް: -/1500 ރުފިޔާ (ފަނަރަސަތޭކަ ރުފިޔާ) ޖުޑީޝަލް އެލަވަންސް: މުސާރައިގެ %40 ލިވިންގ އެލެވަންސް: -/2550 ރުފިޔާ (ދެހާސް ފަސްސަތޭކަ ފަންސާސް ރުފިޔާ) |
މުއްދަތު ހަމަވާ ތާރީޚު: |
2015 ޖޫން 17 ވަނަ ދުވަހުގެ މެންދުރުފަހު 15:00 ގެ ކުރިން. |
ހުށަހަޅަންޖެހޭ ތަކެތި: |
1. ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމް، ރަސްމީ ގަޑީގައި، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.) 2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިގައިދޭ ކާޑުގެ ކޮޕީ. 3. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. 4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ. 5. މޯލްޑިސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓެއް ހުށަހަޅާނަމަ، ސެޓްފިކެޓާއެކު ޓްރާންސްކްރިޕްޓް ހުށަހެޅުން. 6. ކުރިން ވަޒީފާއެއްގައި އުޅެފައިވާކަމުގެ ލިޔުން ހުށަހަޅާނަމަ، މަޤާމުގައިވީ ދުވަހާއި، މަޤާމުގެ ނަމާއި، ރޭންކާއި، އަދާކުރި މަސްއޫލިއްޔަތު ބަޔާންކޮށްފައި އޮތުން. |
އިތުރު މަޢުލޫމާތު: |
އިތުރު މަޢުލޫމާތު ހޯދުމަށް 3351535 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. |
21 ޝަޢުބާން 1436