ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތެލުގެ ވިޔަފާރި ކުރުމަށް ހޯރަފުށިން ބިން ކުއްޔަށް ދޫކުރުމާ ބެހޭ

އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު

         ތެލުގެ ވިޔަފާރި ކުރުމަށް ހޯރަފުށިން 5,000 (ފަސްހާސް) އަކަފޫޓުގެ 01 ބިން 20 އަހަރު ދުވަހަށް ކުއްޔަށް ދޫކުރުމަށް ރަށު ކައުންސިލުގެ ހަތަރުވަނަ ދައުރުގެ 10/2023 (16 ފެބްރުއަރީ 2023) ވަނަ ޢާއްމު ޖަލްސާއިން ވަނީ ނިންމައިފައެވެ.

         ވީމާ، ތެލުގެ ވިޔަފާރި ކުރުމަށް ހޯރަފުށިން ބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ގޮތުގެ މަތިން ބިޑުގައި ރަޖިސްޓްރީ ކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

          ބީލަން ފޮތް އަދި ބިމުގެ ކުރެހުން މި އިޢުލާނާއެކު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗް ކޮށްފައި ވާނެއެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު އޮޅުން ފިލުވުމަށް ބޭނުން ވާނަމަ ބީލަން ފޮތުގައިވާ ގޮތުގެ މަތިން މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ.

 

ތަފްޞީލް

ތާރީޚް

ދުވަސް

ސުންގަޑި

ރަޖިސްޓަރީވުމުގެ ސުންގަޑި

12 ސެޕްޓެންބަރު 2024

ބުރާސްފަތި

11:00  (ހެނދުނު)

ބީލަން ހުށަހެޅުން

18 ސެޕްޓެންބަރު 2024

ބުދަ

13:00   (މެންދުރުފަހު)

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުން

ބީލަމުގައި ރަޖިސްޓްރީވުމަށް، ބީލަމުގައި ރަޖިސްޓްރީވުމުގެ ސުންގަޑި ހަމަވުމުގެ ކުރިން ތިރީގައިވާ ގޫގުލް ފޯމް ފުރިހަމަ ކުރުން އެދެމެވެ. ބިޑް ހުށަހެޅުމުގެ ފުރުޞަތު ލިބޭނީ ބިޑްގައި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ.

 

https://docs.google.com/forms/d/1wuYrlTVohL5uQ21zkjbO7Ctn7-_QdWTYpbtiqWHTUCY/edit

 

05 ރަބީޢުލް އައްވަލް 1446

08 ސެޕްޓެންބަރު 2024
ހޯދާ