މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ގެންނަ ބިދޭސީން މަސައްކަތްކުރާ ވަރކް ސައިޓް ރަޖިސްޓަރީ ކުރުމާ ގުޅޭ

ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ގެންނަ ބިދޭސީން މަސައްކަތްކުރާ ވަރކް ސައިޓް ރަޖިސްޓަރީ ކުރުމާ ގުޅޭ 

ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނަށް ބޭނުންވާ ހުއްދަތައް ދޫކުރުމާއި އެ ބިދޭސީންގެ ކަންކަން ބެލެހެއްޓުމުގެ ހަރުދަނާ ނިޒާމެއް ޤާއިމްކުރުމަށް މި މިނިސްޓްރީއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީން ގެނައުމަށް އެދި ވަޒީފާދޭ ފަރާތްތަކުން މި މިނިސްޓްރީއަށް ހުށަހަޅާ ލިޔެކިޔުންތަކުގެ ތެރޭގައި ހިމެނޭ ފޯމުތަށް ވަނީ މުރާޖަޢާކޮށް، ޚިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހަކަމާއެކު ދެނެގަނެވޭނެގޮތަށް ބަދަލުގެނެވިފައެވެ.

މި ގެނެވުނު ބަދަލުތަކަކީ، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީން ގެނައުމާ ގުޅިގެން މިނިސްޓްރީއިން ދޭ އެކިއެކި ޚިދުމަތްތަކާ ގުޅިގެން ހުށަހަޅާ ފޯމުތައް، ވަޒީފާދޭ ފަރާތްތަކަށް ލުއިފަސޭހަ ވާނެގޮތަށް ވަކިކޮށް، އެ ފަރާތްތަކުން ހުށަހަޅާ ފޯމުތަކާއި އެ ފޯމުތަކުގައިވާ މަޢުލޫމާތުގެ ސައްޙަކަން ކަށަވަރުކުރުމުގެ ގޮތުން ގެނެވުނު ބަދަލުތަކެކެވެ.

އެގޮތުން، ދިވެހިރާއްޖޭގައި ވަޒީފާ އަދާ ކުރުމަށް ގެންނަ ބިދޭސީން މަސައްކަތްކުރާ ވަރކް ސައިޓް ރަޖިސްޓަރީ ކުރުމަށް ހުށަހަޅާ ލިޔެކިޔުންތަކުގެ ތެރޭގައި، މަސައްކަތުގެ ބާވަތައް ބަލައި އަންނަނިވި ލިޔެކިޔުންތައް ހުށަހަޅަން ޖެހޭ ގޮތަށް ވަނީ ބަދަލުގެނެވިފައެވެ.

  1. ބިދޭސީ މަސައްކަތްތެރިން ގެނައުމަށް ވަރކް ސައިޓް ރަޖިސްޓަރީ ކުރުމަށް އެދި ހުށަހަޅާ ޕްރޮޖެކްޓް އެގްރީމަންޓް ފޯމް )ކޮންސްޓްރަކްޝަން) ނުވަތަ؛
  2. ބިދޭސީ މަސައްކަތްތެރިން ގެނައުމަށް ވަރކް ސައިޓް ރަޖިސްޓަރީ ކުރުމަށް އެދި ހުށަހަޅާ ޕްރޮޖެކްޓް އެގްރީމަންޓް ފޯމް ނުވަތަ؛
  3. ދިގު މުއްދަތަކަށް ކުއްޔަށް ނަގާފައިވާ ބިމެއް/އިމާރާތެއް އެކްސްޕެޓް ސިސްޓަމުގައި ވަރކް ސައިޓްގެ ގޮތުގައި ރަޖިސްޓަރީ ކުރުމަށް އެދި ހުށަހަޅާ އިޤުރާރު ނުވަތަ؛
  4. ކުއްޔަށް ނަގާފައިވާ ބިމެއް/އިމާރާތެއް/އުޅަނދެއް އެކްސްޕެޓް ސިސްޓަމުގައި ވަރކް ސައިޓްގެ ގޮތުގައި ރަޖިސްޓަރީ ކުރުމަށް އެދި ހުށަހަޅާ އިޤުރާރު ނުވަތަ؛
  5. އިންސްޓޯލްމަންޓަށް ނަގާފައިވާ އުޅަނދެއް އެކްސްޕެޓް ސިސްޓަމުގައި ވަރކް ސައިޓްގެ ގޮތުގައި ރަޖިސްޓަރީ ކުރުމަށް އެދި ހުށަހަޅާ އިޤުރާރު

މި ފޯމު ހުށަހަޅަންޖެހޭ ޙާލަތްތަކާއި ފޯމު ފުރާނެ ގޮތާއި ފޯމު ފުރާއިރު ފާހަގަކުރެވޭ އާންމު މައްސަލަތަކާ ބެހޭ ގޮތުން ބޭނުންވާ ހުރިހާ މަޢުލޫމާތު ކޮންމެ ފޯމެއްގެ ފަހަތުގައިވާ "ހެލްޕް ޕޭޖް" އިން ލިބިގެންދާނެއެވެ. މި ފޯމު ހުށަހަޅާ ގޮތަށް ހަމަޖައްސާފައިވީ ނަމަވެސް، މި މިނިސްޓްރީއިން ދެފަރާތުގެ ދެމެދުގައި ވެވިފައިވާ އެއްބަސްވުންތަކުގެ އަސްލު ބަލަން ބޭނުންވެގެން އެދިއްޖެ ހިނދެއްގައި މި މިނިސްޓްރީއަށް އެ އެއްބަސްވުންތަކުގެ އަސްލު ހުށަހަޅަންޖެހޭނެ ކަމުގައި ދެންނެވީމެވެ.

މީގެ އިތުރުން،  ބިދޭސީ މަސައްކަތްތެރީން ގެނައުމަށް ވަރކް ސައިޓް ރަޖިސްޓަރީ ކުރުމަށް އެދި ހުށަހަޅާ ވަރކް ސައިޓް ޑިކްލަރޭޝަން ފޯމަށްވެސް ވަނީ ބަދަލުގެނެވިފައެވެ.

މި ދެންނެވުނު ފޯމުތައް ހުށަހަޅާނީ: (1) ގަވާއިދު ނަންބަރު 2019/R-1066 (ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ގަވާއިދު) ގެ މާއްދާތަކާ އެއްގޮތްވާ ގޮތުގެ މަތިން، ޕަބްލިކް ނޯޓަރީއަކުން ނޯޓަރައިޒް ކޮށް؛ ނުވަތަ (2) ސިވިލް ކޯޓު ނުވަތަ މެޖިސްޓްރޭޓް ކޯޓުގައި ރަޖިސްޓަރީކުރުމަށްފަހުއެވެ. މި ފޯމުތައް ޕަބްލިކް ނޯޓަރީއަކުން ނޯޓަރައިޒްކޮށްފިނަމަ، ނޯޓަރައިޒްކޮށްދިންކަމުގެ ސެޓުފިކެޓު ހުށަހަޅަންވާނެއެވެ.

މިގޮތުން، 01 އޮކްޓޯބަރ 2024 އިން ފެށިގެން ދިވެހިރާއްޖޭގައި ވަޒީފާ އަދާ ކުރުމަށް ގެންނަ ބިދޭސީން މަސައްކަތްކުރާ ވަރކް ސައިޓް ރަޖިސްޓަރީ ކުރުމަށް އެދި ހުށަހަޅަންވާނީ ބަދަލުގެނެވިފައިވާ ފޯމުތައް ފުރިހަމަ ކުރުމަށް ފަހުގައެވެ. އަދި މި ދެންނެވުނު ފޯމުތައް ފުރިހަމަކޮށް ހުށަހަޅާފައި ނުވާނަމަ، އެޕްލިކޭޝަން "އިންކޮމްޕްލިޓް" ކުރެވޭނެ ވާހަކަވެސް ދެންނެވީމެވެ.

ބަދަލު ގެނެވިފައިވާ ފޯމުތައް އެކްސްޕެޓް ސިސްޓަމްގެ ހޯމް ޕޭޖް އިން ލިބޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުކުރެއްވުމަށް 1500 ގުޅުއްވައި ނުވަތަ  [email protected]  އަށް އީމެއިލް ކުރެއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރަމެވެ.     

‏05 ރަބީޢުލް އައްވަލް 1446

08 ސެޕްޓެމްބަރ 2024

08 ސެޕްޓެންބަރު 2024
ހޯދާ