ދިވެހިރާއްޖެ
ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު
02 ޕިކަޕް (1.5 ޓަން) އަދި 02 ޑަމްޕް ލޮރީ (5 ޓަން) ސަޕްލައިކުރުން
މި ކޯޕަރޭޝަނަށް 1.5 ޓަނުގެ ޕިކަޕެއް ގަންނަން ބޭނުންވެގެން ކުރި ނަންބަރު MRDC/IFB/2015/18ފ(11 މޭ 2015) އިޢުލާނާ ގުޅިގެން ލިބިފައިވާ އަގުތައް ބޮޑުކަމަށް ފެންނާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރީމެވެ.
- 02 ޕިކަޕް (1.5 ޓަން)
- 02 ޑަމްޕް ލޮރީ (5 ޓަން)
ވީމާ، މިތަކެތި ސަޕްލައިކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 15 ޖޫން 2015 ވާ (ހޯމަ) ދުވަހުގެ 13:00 އަށް މިކޯޕަރޭޝަންގެ ހެޑްއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 22 ޖޫން 2015 ވާ (ހޯމަ) ދުވަހުގެ 13:00 އަށް އަގު ހުށަހެޅުއްވުން އެދެމެވެ.
މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ތިރީގައިވާ އެޑްރެހަށް ގުޅުއްވުން އެދެމެވެ. އަދި ބީލަން ހުށަހަޅަންވާނީވެސް މިއެޑްރެހަށެވެ.
މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ބްލޮކް ނަންބަރު 385، މާފަތްތަކުރުފާނުމަގު
ޕޯސްޓަލްކޯޑް: 20386
މާލެ، ދިވެހިރާއްޖެ
ފޯން ނަންބަރު: 9603320657+ ، 9609911606+
ފެކްސް ނަންބަރު: 9603317133+
21 ޝަޢުބާން 1436