މަޤާމް :
|
ސީނިއަރ އީކޮމާރސް އޮފިސަރ، ތިނަދޫ ޕޯސްޓް
|
ބޭނުންވާ އަދަދު:
|
01 ( އެކެއް )
|
މުސާރައާއި އެލަވަންސް:
|
- މުސާރަ: މަހަކު -/6500 ރުފިޔާ ( ހަހާސް ފައްސަތޭކަ ރުފިޔާ)
- ސަރވިސް އެލަވަންސް: މަހަކު -/3000 ރުފިޔާ (ތިން ހާސް ރުފިޔާ)
- ޑެއިލީ އެލަވަންސް: ޤަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/120 ރުފިޔާ ( ސަތޭކަ ވިހި ރުފިޔާ )
- އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ
|
އޮފީސް :
|
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
|
ޔުނިޓް :
|
ތިނަދޫ ޕޮސްޓް
|
ތަޢުލީމީ ފެންވަރާއި މަޤާމުގެ ޝަރުޠު:
|
- ޖީ.ސީ.އީ އޭލެވެލް އިން ބިޒްނަސް މާއްދާއިން ފާސްވުމާއިއެކު ދިވެހި، އަދި އިގިރޭސިން ފާސްވެފައިވުން ނުވަތަ
- ޖީ.ސީ.އީ އޯލެވެލް ފެންވަރަށް ތައުލީމު ހާސިލްކޮށްފައިވުމާއި އެކު މަސައްކަތު ތަޖްރިބާ ލިބިފައިވުން
|
މަޤާމުގެ މައިގަޑު މަސްޢޫލިއްޔަތުތައް
|
- އަތޮޅު އަދި ރަށުފެންވަރުގައި ތަކެތި އުފައްދާފަރާތްތައް ދެނެގަނެ، އެފަރާތްތަކަށް ޕޯސްޓުގެ އީ-ޓުކުރި ކޮމިއުނިޓީ އޮންލައިން ޝޮޕްއާއި ބެހޭ މައުލޫމާތުދިނުމާއި އެފަރާތްތައް ކޮމިއުނިޓީ އޮންލައިން ޝޮޕްއަށް އޮންބޯޑުކުރުމުގެ މަސައްކަތްކުރުން
- ރަށު ކައުންސިލްތަކާއި ރަށްރަށުގެ އެކި މުއައްސަސާ ޖަމްއިއްޔާ، ކޯޕަރޭޓިވްސްތަކާއި ބައްދަލުކޮށް އީޓުކުރީގެ ޙިދުމަތްތަކުގެ މައުލޫމާތު ފޯރުކޮށްދިނުމާއި އެކުގައި މަސައްކަތްކުރެވޭނެ ކަންކަން ދެނެގަތުން އަދި އެފަރާތްތަކާއި ރަގަޅު ބަދަހި ގުޅުންގާއިމް ކުރުމަށް މަސައްކަތް ކުރުން
- ކޮންމެ ރަށެއްގައިވެސް ގާއިމް ކުރެވިފައިވާ ކޮމިއުނިޓީ އޮންލައިންޝޮޕް މެނޭޖްކޮށް އަދި އަތޮޅު ޕޯސްޓް އޮފީސްތަކުގެ ފަރާތުން އީޓުކުރީގެ އެންމެހައި އޮޕަރޭޝަންތަށް ބެލެހެއްޓުން
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
|
- އިޖުތިމާއީ ކަންކަމުގައި ރަށު އަދި އަތޮޅު ފެންވަރުގައި މަސައްކަތް ކޮށްފައިވުން
- ރަށުންބޭރުގައި ގިނަ ވަގުތު މަސައްކަތުގައި ހޭދަ ކުރެވޭނެ ފަރާތަކަށްވުން
- ދަތުރުފަތުރު ކުރެވޭފަދަ ޞިއްޙީ ޤާބިލްކަން ހުރުން
- ޕްރެޒެންޓޭޝަން ސްކިލްސްހުރުމާއެކު އިނޮވެޓިވް ސްކިލްސްހުރި ފަރާތަކަށްވުން
- މައިކްރޯސޮފްޓް އެކްސެލް އަދި ޕަވަރޕޮއިންޓް ބޭނުންކުރަން އެގުން
- ޓީމެއްގެ ގޮތުގައި ގުޅިގެން މަސައްކަތް ކުރުމުގެ ޤާބިލްކަން ހުރުމާއެކު މުސްތަޤިއްލުކަމާއެކު މަސައްކަތް ކުރެވޭ ފަރާތަކަށްވުން
- ކަންކަމުގައި އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރެވޭނެ ފަރާތަކަށްވުމާއެކު ކަޑައެޅިފައިވާ ސުންގަޑިއަށް މަސައްކަތް ނިންމުމުގެ ޤާބިލްކަން ހުރުން
- އެކިއެކި ފަރާތްތަކާ މުއާމަލާތު ކުރުމުގެ ހުނަރު ހުރުން
- ވިސްނުންތެރިކަމާއެކު ޕްރެޝަރުގައި މަސައްކަތް ކުރުމުގެ ޤާބިލްކަން ހުރުން
- ގިނަ ވަގުތު މަސައްކަތުގައި ހޭދަ ކުރެވޭނެ ފަރާތަކަށްވުން
|
ރަސްމީ މަސައްކަތު ގަޑި:
|
- ހެނދުނު 08:00 އިން 16:00 އަށް
|
ހުށަހަޅަންޖެހޭ ލިޔުންތައް އަދި ތަރުތީބް
|
- ވަޒީފާއަށްއެދޭ ފޯމް
- ވަނަވަރު (ސީވީ)
- އައިޑީ ކާޑުގެ ކޮޕީ
- ތަޢުލީމީ ސެޓުފިކެޓުތައް(އިއުލާން ގައި ބަޔާންކޮށްފައިވާ ތަޢުލީމީ ފެންވަރު އަންގައިދޭ ސެޓްފިކެޓުތައް)
- ލިބިފައިވާ ތަމްރީން / ތަޖްރިބާ އަންގާދޭ ލިޔުން (މަޤާމްގެ މަސައްކަތާ ގުޅޭ)
** އީމޭލްއިންނަމަ، މަތީގައިވާ ތަރުތީބުން ހުރިހާ ޑޮކިއުމަންޓް ތަކެއް އެއް ޑޮކިއުމަންޓެއްގޮތުގައި “PDF” ކޮށްފައެވެ.
- ** ވަކިވަކި ފޮޓޯގޮތަށް ނުވަތަ ވަކިވަކިން ޑޮކިއުމެންޓްތައް އެއް ޑޮކިއުމަންޓަކަށްނުހަދާ އެޓޭޗްކޮށްފައިވާނަމަ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
|
|
މށިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 12 ސެޕްޓެންބަރ 2024ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
ހާރޑް ކޮޕީ ހުށަހަޅުއްވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް 12 ސެޕްޓެންބަރ 2024ވާ ބުރާސްފަތި ދުވަހުގެ 14:00 އާ ހަމައަށް ތިނަދޫ ޕޮސްޓް އިން ބަލައިގަންނާނެއެވެ.
**ސުންގަޑި ހަމަވުމަށްފަހު ލިބޭ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
|
އިންޓަވިއު:
|
އިންޓަވިއުއަށް ދެންނެވޭނީ، ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
|
ވަޒީފާއަށް އެދޭނެ ގޮތް:
|
|
އިތުރު މަޢުލޫމާތު:
|
- މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކާއި ލިޔެކިއުންތައް ހަމަނުވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ބާޠިލްކުރެވޭނެއެވެ.
- މި ޢިއުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ ރަސްމީގަޑީގައި 7924894 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
|