ދިވެހިރާއްޖެ
މި ވުޒާރާއިންދޭ އިންޓީރިއަރ ޑިޒައިން އާއި އެއްގޮތަށް ބައެއް ކޮޓަރިތަކާއި މީޓިންގ ރޫމެއް މަރާމާތުކޮށް ފަރނިޗަރ ހޯދަދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރ (IUL)472 /472/2024/53 (08 ޖުލައި 2024) ޢިއުލާނާއި ގުޅިގެން މިވުޒާރާއަށް ހުށަހަޅާފައިވާ ޕްރޮޕޯސަލްތައް އަގުބޮޑު ކަމަށް ފެންނާތީވެ، އެ އިއުލާނު ބާތިލްކޮށް އަލުން އިޢުލާން ކުރުމަށް ނިންމީއެވެ.
ވީމާ، މި މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުންއަންދާސީ ހިސާބު ހުށަހެޅުމަށް 18 ސެޕްޓެމްބަރ 2024 ވާ ބުދަ ދުވަހު 11:00 އަށް [email protected] އީ-މެއިލް މެދުވެރިކޮށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅަން ޖެހޭ ދުވަހަކީ ބަންދު ދުވަހެއްކަމަށް ސަރުކާރުން ކަނޑައަޅައިފިނަމަ، ދެން އެންމެ އަވަހަށް ސަރުކާރު އޮފީސްތައް ހުޅުވާދުވަހު އަންދާސީ ހިސާބު ހުށަހަޅަން ޖެހޭނެއެވެ.
އިތުރު މަޢުލޫމާތު ނުވަތަ މައުލޫމާތު ޝީޓް ބޭނުންފުޅުވާނަމަ، [email protected] އަށް އީ-މެއިލް މެދުވެރިކޮށް ފޮނުވުން އެދެމެވެ.
އަދި ދަންނަވަމެވެ، މައުލޫމާތު ފުރިހަމަ ނުވާ އަންދާސީހިސާބު ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.