ދިވެހިރާއްޖެ
ކައުންސިލް ފުޓްސަލް މުބާރާތް 2024 (ށް) ރޭފްރީންނާއި އޮފިޝަލުން ހޯދުމާގުޅޭ
ކައުންސިލް ފުޓްސަލް މުބާރާތް 2024 ށް ރެފްރީކަން އަދި އޮފިޝަލުކަން ކޮށްދޭނެ ފަރާތްތަކެއް ބޭނުންވެއްޖެއެވެ. ރެފްރީން ނެގުމުގައި ރެފްރީކަން ކުރުމުގެ ލައިސަން އޮތް ފަރާތްތަކަށް އަދި މުބާރާތުގައި ބައިވެރިވާ ޓީމްތަކުގައި ނުހިމޭ ފަރާތްތައް އަދި އޮފިޝަލުން ނެގުމުގައި މުބާރާތުގައި ބައިވެރިވާ ޓީމްތަކުގައި ނުހިމެނޭ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ. މީގެއިތުރުން ތިރީގައި ކަނޑައެޅިފައިވާ އިނާޔަތްތަށް މިފަރާތްތަކަށް ލިބޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
ރެފްރީން: -/100 ރުފިޔާ (ކޮންމެ މެޗަކަށް)
އޮފިޝަލުން: -/75 ރުފިޔާ (ކޮންމެ މެޗަކަށް)
ޝައުޤުވެރިކަން ހުރިފަރާތްތަކުން 08 ސެޕްޓެންބަރު 2024 ވާ ދުވަހުގެ 12:00 ގެ ކުރިން ރަސްމީ ލިޔުމަކުން ނުވަތަ މިކައުންސިލްގެ މެއިލް [email protected] ށް މެއިލްކޮށް ނަންނޯޓް ކުރެއްވުމަށް ދަންނަވަމެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.