ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުވައްމުލަކު ބަނދަރު ސަރަޙައްދުން ޓޫރިޒަމް ބޭނުމަށް ބިން ކުއްޔަށް ދޫކުރުމާއި ގުޅޭ

މި އިޢުލާންވަނީ 09 ސެޕްޓެންބަރު 2024 13:47 ގައި ބާތިލް ކުރެވިފައެވެ.


  1. ފުވައްމުލަކު ބަނދަރު ސަރަޙައްދުން ޓޫރިޒަމް ބޭނުމަށް ބިން ކުއްޔަށް ދޫކުރަން ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
  • ފުވައްމުލަކު ބަނދަރު ސަރަޙައްދުން ޓޫރިޒަމް ބޭނުމަށް ބިން ކުއްޔަށް ދިނުމަށް ހަމަޖެހިފައިވަނީ ބިޑު ޑޮކިއުމެންޓް ވިއްކައިގެންނެވެ. އެގޮތުން ބިޑް ޑޮކިއުމެންޓެއްގެ އަގަކީ $100.00 (ހަންޑްރެޑް ޑޮލަރ) އެވެ.
  • ބިޑް ހުށަހެޅޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ބިޑް ޑޮކިއުމެންޓް ގަނެފައިވާ ފަރާތްތަކަށެވެ. ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެފަރާތެއްގެ ނަމުގައި އެއް ޕްރޮޕޯސަލް އެވެ.  
  1. ބިޑް ވިއްކުން އޮންނާނީ 05 ސެޕްޓެމްބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 11:00 ން ފެށިގެން 11 ސެޕްޓެމްބަރ 2024 ވާ ބުދަ ދުވަހުގެ މެންދުރު 13:00 އަށެވެ. ބިޑް ޑޮކިއުމެންޓް ގަތުމަށް ބޭނުންވާ ފަރާތްތަކުން މި އިދާރާގެ ޕްރޮކިއުމަންޓް ޔުނިޓްގެ މެއިލްއަށް ([email protected]) ބިޑް ގަންނަން ބޭނުންވާ ފަރާތުގެ ތަފްސީލާއިއެކު (ކުންފުނީގެ ނަމާއި އެޑްރެސް/ ފޯން ނަންބަރު/ އީމެއިލް އެޑްރެސް) މެއިލްކޮށްދެއްވުން އެދެމެވެ.
  2. ބީލަމާއި ގުޅޭ މައުލޫމާތު ބައްދަލުވުން 12 ސެޕްޓެމްބަރ 2024 ވާ ބުރާސްފަތި ދުވަހު 11:00 ގައި ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާގެ އަތޮޅުގެ މީޓިންގ ރޫމް ގައި އޮންނާނެއެވެ.
  3. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 17 ސެޕްޓެމްބަރ 2024 ވާ އަންގާރަ ދުވަހުގެ 09:00 ގައި ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާގެ އަތޮޅުގެ މީޓިންގ ރޫމް ގައެވެ.

 

 އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 ފުވައްމުލަކު ސިޓީ ކައުންސިލް،

 ނަރުގިސްމަގު، މާދަޑު، ފުވައްމުލައް، 1804، ދިވެހިރާއްޖެ.

  ފޯން: 6862812

  އީމެއިލް: [email protected]

03 ސެޕްޓެންބަރު 2024
ހޯދާ