މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސީނިއަރ ކައުންސިލް އޮފިސަރ

 ނަންބަރު:(IUL)303-CA/303/2024/66   

އިޢުލާނު

 

މަޤާމު:

ސީނިއަރ ކައުންސިލް އޮފިސަރ

މަޤާމުގެ ނަންބަރު:

J-402795

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް. އެސް. 2

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މާޅޮސްމަޑުލު އުތުރުބުރި އުނގޫފާރު ކައުންސިލް އިދާރާ / ރ. އުނގޫފާރު

މުސާރަ:

6,295.00

ސަރވިސް އެލަވަންސް:

2000.00

އެހެނިހެން އެލަވަންސް:

  • ސަޕޯޓިންގކޯ އެލަވަންސްގެ ގޮތުގައި 900.00 (ނުވަ ސަތޭކަ ރުފިޔާ)
  • ސިވިލްސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
  • ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުގެ ދަށުން ޕެންޝަން ކޮންޓްރިބިއުޝަން
  • ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މުވައްޒަފަށް ލިބޭ މުސާރައިގެ %35

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

  • ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ޖަވާބުދާރީވުން.
  • ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
  • ކައުންސިލް އިދާރާގެ އެންމެހައި އިދާރީ އަދި ފަންނީ މަސައްކަތްތައް ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
  • ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން ކައުންސިލުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ އެންމެހައި މަސައްކަތްތައް ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
  • ކައުންސިލުން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށާއި އިދާރާތަކަށް ފޮނުވަންޖެހޭ ޕީރިއަޑިކް ރިޕޯޓުތައް ގަވާއިދުން ފޮނުވުމުގެ މަސައްކަތް ކުރުން.
  • މުވައްޒަފުގެ މަސައްކަތުގެ ދާއިރާއިން ކުރަންޖެހޭ ފައިސާގެ އެންމެހައި މުޢާމަލާތްތައް ދައުލަތުގެ މާލިއްޔަތު ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ކުރުން.
  • ކައުންސިލްގެ އިދާރާއަށް ޚިދުމަތްލިބިގަންނަން އަންނަ ފަރާތްތަކަށް ޚިދުމަތްދިނުމުގެ މަސައްކަތްތައް ކުރިއަށްދާގޮތް ގާތުން ބަލައި، ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، އަވަސް ޚިދުމަތްދެވޭނެ ގޮތަށް އިންތިޒާމުތައް ހަމަޖައްސުން.
  • އޮފީހަށް ލިބޭ ތަކެތި ބަލައިގަނެ އެ ތަކެތި ހުޅުވައި އެންޓްރީ ސިސްޓަމްގައި ރަޖިސްޓްރީކުރުމާއި އޮފީހުން ބޭރަށް ފޮނުވަންޖެހޭ ތަކެތި އެތަކެތި ފޮނުވަންޖެހޭ ފަރާތްތައްކަށް ފޮނުވުން.
  • އޮފީހަށް އަންނަ ލިޔެކިއުންތައް ފައިލްކުރުމާއި އޮފީހުން ބޭރަށް ފޮނުވާ ލިޔެކިއުންތައް ފައިލްކޮށް ފައިލިންގ ސިސްޓަމް ގަވާއިދުން ބެލެހެއްޓުމާއި ފައިލިންގ ސިސްޓަމުން ހޯދަންޖެހޭ ލިޔެކިއުންތައް ބޭނުންވެއްޖެ ހާލަތެއްގައި އެ ބޭނުންވާ ސެކްޝަނަކަށް ހޯދާ ފޮޓޯކޮޕީ ނަގާ ޙަވާލުކުރުން.
  • އެކި ސެކްޝަންތަކަށް ފޮނުވަންޖެހޭ މެމޯ ޑިރެކްޓަރުގެ އިރުޝާދުގެ މަތިން ތައްޔާރުކޮށް އެ ސެކްޝަންތަކާއި ޙަވާލުކުރުން ފުރަންޖެހޭ ފޯމްތައް ސްޕަވައިޒަރުގެ އިރުޝާދުގެ މަތިން ފުރުން.
  • އަންނަ ފޯން ކޯލްތަކަށް ޖަވާބު ދިނުމާއި ރަގަޅު މަޢުލޫމަތު ފޯރުކޮށްދެވޭނެ ފަރާތަކަށް ފޯންކޯލްތައް ޕާސްކުރުން.
  • މުވައްޒަފުންނާއި ކައުންސިލް މެމްބަރުންގެ ހާޟިރީތައް ބެލެހެއްޓުމާއި މުވައްޒަފުންގެ އިތުރުގަޑި އަދި ބަންދުދުވަސްތަކުގެ ހާޟިރީ ޗެކުކޮށް ތައްޔާރުކުރަންޖެހޭ އެންމެހާ ރިޕޯޓްތައް ތައްޔާރުކުރުން
  • ކައުންސިލް އިދާރާގެ ދުވަހު ޔައުމިއްޔާ ލިޔުމަށްބޭނުންވާ ހުރިހާ މަޢުލޫމާތެއް ހުރިހާ ސެކްޝަނަކުން ހޯދުމަށްފަހު ޔައުމިއްޔާލިޔެ ވެރިޔާ ލައްވާ ސޮއިކުރުވުމަށްފަހު ޔައުމިއްޔާ ފައިލްކޮށް ބެލެހެއްޓުން
  • ކައުންސިލުން ބަލައިގަންނަ އެންމެހާ ފައިސާ ބަލައިގަތުން
  • އޮފީހުގެ މުވައްޒަފުންގެ އެންމެހާ ޗުއްޓީއާއި، މުވައްޒަފުންގެ ރެކޯޑްތައް ޤަވާޢިދުން ލިޔެ ބެލެހެއްޓުން
  • ވަގުތީ ނުވަތަ ކޮންޓްރެކްޓް މުވައްޒަފުން އައްޔަންކުރުމުގެ އެންމެހައި ކަންކަން ކުރުމާއި ވަގުތީ މުވައްޒަފުންގެ ރަޖިސްޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން

މަޤާމުގެ ޝަރުޠުތައް:

1-      މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން. ނުވަތަ،

2-      މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން. 

މަޤާމުގެ ތަޢުލީމީ ރޮނގުތައް ޝަރުޠުގެ ބައިގައި ހިމަނަންވާނެއެވެ.

އެކައުންޓިންގ، އެޑްމިނިސްޓްރޭޝަން، އެގްރިކަލްޗަރަލް ސައިންސް، އެންތްރޯޕޮލޮޖީ،  އާކިޓެކްޗަރ،  ބިޒްނަސް،  ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް،  ސިވިލް އިންޖިނިއަރިންގ، ކޮމާސް،  ކޮމިޔުނިޓީ ޑިވެލޮޕްމަންޓް، ކޮމްޕިއުޓަރ ސައިންސް، ކައުންސިލް އެޑްމިނިސްޓްރޭޝަން، ކަލްޗަރ އެންޑް ހެރިޓޭޖް، ޑިމޮގްރަފީ، ޑިވެލޮޕްމަންޓް ސްޓަޑީޒް، އިކޮނޮމިކްސް، އެޑިއުކޭޝަން، އެންވަޔަރަންމެންޓަލް ސައިންސް، ފައިނޭންސް، ގަވަރނަންސް، ގަވަރނަންސް އެންޑް ޑިވެލޮޕްމަންޓް،  ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް، ހިއުމަން ރިސޯސް، އިންފޮމޭޝަން ޓެކްނޮލޮޖީ، އިންޓަނޭޝަނަލް ރިލޭޝަންސް، ލޯ، ލީޑަރޝިޕް، ލައިބްރަރީ ސައިންސް،  ލޯކަލް ގަވަރނަންސް، މެނޭޖްމަންޓް،  މެރިން ސައިންސް،   މާކެޓިންގ، އޮފީސް އެޑްމިނިސްޓްރޭޝަން، ޕޮލިސީ ސްޓަޑިޒް، ޕޮލިޓިކަލް ސައިންސް، ޕްރޮޖެކްޓު މެނޭޖުމަންޓު، ޕަބްލިކް އެޑްމިނިސްޓްރޭޝަން، ޕަބްލިކް މޭނޭޖްމަންޓް، ޕަބްލިކް ޕޮލިސީ، ޕަބްލިކް ރިލޭޝަންސް، ޝަރީޢާ އެންޑް ލޯ، ސޯޝަލް ސައިންސް، ސޯޝަލް ވޯރކް، ސޯޝިއޮލޮޖީ، ސްޕޯޓްސް މެނޭޖްމަންޓް، ސްޓެޓިސްޓިކްސް، ސްޓްރަކްޗަރަލް އިންޖިނިއަރިން، ސަސްޓެއިނަބްލް ޑިވެލޮޕްމަންޓް، އަރބަން ޕްލޭނިންގ،  އާބަން ސްޓަޑީޒް

މަޤާމުގެ މަސައްކަތުގެ ދާއިރާތައް ޝަރުޠުގެ ބައިގައި ހިމަނަންވާނެއެވެ.

  • އެޑްމިނިސްޓްރޭޝަން
  • މެނޭޖްމެންޓް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

 

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2024 ސެޕްޓެމްބަރ 12 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލް އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠުހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތި ލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އާއި އިމްތިޙާން އަދި ޕްރެކްޓިކަލް އޮންނާނީ 2024 ސެޕްޓެމްބަރ 15 އާއި 2024 ސެޕްޓެމްބަރ 19 އާ ދެމެދު މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލް އިދާރާ ގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6584751 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

03 ސެޕްޓެންބަރު 2024
ހޯދާ