މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ކޭޝިއަރ - ރ.މަޑުއްވަރީ އައިސްޕްލާންޓް / މިފްކޯ

މި ކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހަކު ހޯދަން ބޭނުންވެއެވެ.

މަޤާމު

ކޭޝިއަރ

ބޭނުންވާ ޢަދަދު

01

ވަޒީފާގެ ބާވަތް

ކޮންޓްރެކްޓް 01 އަހަރު ދުވަސް (ފުރަތަމަ 03 މަސް ޕްރޮބޭޝަން)

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ރ.މަޑުއްވަރީ އައިސްޕްލާންޓް / މިފްކޯ

ޖުމްލަ މުސާރަ:

10،201.00 ރުފިޔާ

އިތުރު ޢިނާޔަތްތައް:

  • އިތުރުގަޑި އަދި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާނަމަ، އިތުރުގަޑިއާއި ބަންދުދުވަސް ތަކުގެ ފައިސާ ޤަވާޢިދުގައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ.

ޝަރުޠު:

  • މަޤާމާއި ގުޅޭ ދާއިރާއަކުން 01 އަހަރުގެ ތަޖުރިބާ ލިބިފައިވުން
  • މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކުރުމާއިއެކު، ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މިހަކަށްވުން.

މަޤާމުގެ މަސްޢޫލިއްޔަތު:

  • ޕްލާންޓްގައި ކަޑައެޅިފައިވާ ޑިއުޓީ ކުރުން
  • އައިސްޕްލާންޓްގައި ކުރަންޖެހޭ މަސައްކަތުގެ އެންމެހާ ލިޔެކިޔުންތައް ތައްޔާރުކުރުމާއި  ބެލެއްހެޓުން.
  • މަސްކިރުމުގައި ޙަރަކާތްތެރިވުމާއި، މަސްކިރާ ނިމުމުން މަސްބިލް ހަދާ ބިލްތަކަށް ފައިސާ ދޫކުރުމާއި، އައިސް މަސްވެރިންނަށް ވިއްކުން.
  • މަސައަކްތުގައި ބޭނުންކުރާ އާލާތްތައް ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  • ދުވަހުން ދުވަހަށް ވިއްކާ އައިހުގެ ރިޕޯޓް ތައްޔާރުކުރުމަށްފަހު ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  • ކޮންމެ ދުވަހަކުވެސް ރޭވިފައިވާ މަސައްކަތު ޕްލޭނާއި އެއްގޮތަށް މަސައްކަތް ކުރިޔަށް ގެންދިއުން.
  • ކުންފުނިން ކަނޑައަޅާފައިވާ ފައިސާ ގެންގުޅުމާއި ބެލެހެއްޓުމުގެ އުޞޫލުތަކާއި އެއްގޮތައް ފައިސާގެ ކަންތައްތައް ބެލެހެއްޓުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

ހ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ށ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.

އިންޓަރވިއުކުރުން:

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތަކާއިއެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

ހ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީ (ދެފުށް ފެންނާނޭހެން).

ށ. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ނ- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު އަދި ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ރ- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ. (މިފްކޯ ޖޮބް އެޕްލިކޭޝަން ފޯމް)

ބ- ޕޮލިސްރިޕޯޓް (ވަޒީފާއަށް ހޮވުނުކަން އެންގުމުން).

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

  • އެޕްލިކޭޝަން ހުށަހަޅާނީ ހެޑް އޮފީސްގެ ރިސެޕްޝަންއަށް ނުވަތަ އީމެއިލް ކުރައްވާނީ  careers@mifco.mvއަށެވެ.
  • ވަޒީފާއަށް އެދޭ ލިޔުންތައް ހުށަހަޅަންޖެހޭ ސުންގަޑިއަކީ 08 ސެޕްޓެމްބަރު 2024 ވާ އާދިއްތަ ދުވަހުގެ މެންދުރު 12:00 އެވެ.
  • މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ.
 

ނޯޓް: މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކްސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3323932ފޯނަށް ގުޅުއްވުން އެދެމެވެ.

03 ސެޕްޓެންބަރު 2024
ހޯދާ