ދިވެހިރާއްޖެ
މި އަތޮޅުގެ ރަށްރަށުގެ އަންހެނުންނަށް އަމާޒުކޮށްގެން "ތިލައުތުރު ވޮލީ މުބާރާތް - 2024" ނަމުގައި ވޮލީ މުބާރާތެއް މި ކައުންސިލާއި މުރައިދޫ ކައުންސިލާ ގުޅިގެން މުރައިދޫގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތުގައި ކޮންމެ ރަށަކުންވެސް ބައިވެރި ވެވޭނީ، އެރަށެއް ތަމްޘީލުކުރާ އެއް ޓީމަށެވެ. މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 2024 ނޮވެންބަރު 15 ވަނަ ދުވަހުއެވެ.
މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމްތަކުން، މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު، މި ކައުންސިލްގެ ރަސްމީ އީމެއިލް [email protected] އަށް 2024 ސެޕްޓެންބަރު 17 ވާ އަންގާރަ ދުވަހުގެ 12:00ގެ ކުރިން މެއިލް ކުރެއްވުން އެދެމެވެ.
އަދި ޓީމްގައި ހިމެނޭ ކުޅުންތެރިން ރަށު ކައުންސިލް އިދާރާއިން ވެރިފައި ކުރުމަށްފަހު، ކުޅުންތެރިންގެ ލިސްޓު 2024 އޮކްޓޫބަރު 24 ވާ ބުރާސްފަތި ދުވަހުގެ 12:00ގެ ކުރިން ދީފައިވާ ފޯމެޓާ އެއްގޮތަށް މަތީގައި ދެންނެވިފައިވާ އީ-މެއިލަށް ނުވަތަ މި ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.