ދިވެހިރާއްޖެ
މިރަށު މިސްކިތްމަގު މައިޒާނާ އިންވެގެން އޮތް މި ކައުންސިލްގެ ހުސްބިން، ކުއްޔަށް ދިނުމަށް ކުރި މިއިދާރާގެ ނަންބަރު (IUL)248-ED/248/2024/82 (08 އޮގަސްޓް 2024) ގެ އިޢުލާނާއި ގުޅިގެން އެކަށީގެންވާ ހުށަހެޅުންތަކެއް ލިބިފައިނުވާތީ، އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، އެހެނިހެން ވިޔަފާރި ކުރުމަށް 20 (ވިހި) އަހަރު ދުވަހުގެ މުއްދަތަށް މި ބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކުން 26 ސެޕްޓެންބަރު 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. ޕްރޮޕޯސަލް ހުށައަޅާނީ މި އިޢުލާނާއެކު ދެވިފައިވާ މަޢުލޫމާތާއި އެއްގޮތަށެވެ.
|
ތަން |
ދުވަސް |
ތާރީޙް |
ގަޑި |
ޕްރޮޕޯސަލް ހުށަހެޅުން |
އިހަވަންދޫ ކައުންސިލްގެ އިދާރާ |
ބުރާސްފަތި |
26 ސެޕްޓެންބަރު 2024 |
13:00 |
މިކަމަށް އެދި ޕްރޮޕޯސަލް ހުށައެޅޭނީ ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް، ފަރުދީ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ. ޕްރޮޕޯސަލް ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެ އެތަނެއްގެ ރަސްމީ ސިޓީއެއް ގެންނަންވާނެއެވެ. ޕްރޮޕޯސަލް ހުށަހަޅުއްވަންވާނީ، ސިޓީއުރައަށްލައި ބަންދުކޮށް ނުވަތަ ބައިންޑުކޮށް ނުވަތަ އެއްހީރާސްކޮށް، "އެހެނިހެން ވިޔަފާރި ކުރުމަށް ބިން ކުއްޔަށް ހިފުމުގެ" ޕްރޮޕޯސަލްކަން އެނގޭ ގޮތަށް ސިޓީއުރައިގެ ބޭރުގައި ލިޔުއްވާފައެވެ.
މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.