ދިވެހިރާއްޖެ
އިޢުލާން
ޢިއްޒުއްދީން ޕާކް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުން
މިރަށު ޢިއްޒުއްދީން ޕާކު އަމިއްލަ ތަކެތީގައި މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
މި މަސައްކަތްކުރުމަށް ފުރުސަތު ހުޅުވާލެވިފައިވަނީ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.
މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 12 ސެޕްޓެމްބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މި ކައުންސިލުގެ މެއިލް [email protected] މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރެޖިސްޓަރ ކުރެވުންތޯ ކަށަވަރުކުރުމަކީ އެފަރާތެއްގެ ޒިންމާއެކެވެ. ރަޖިސްޓްރީވާ ފަރާތްތަކަށް، 16 ސެޕްޓެމްބަރ 2024 ވާ ހޯމަ ދުވަހުގެ 14:00 ގެކުރިން ކުރަންޖެހޭ މަރާމާތުތަކުގެ މަޢުލޫމާތު ޝީޓް މެއިލްކުރެވޭނެއެވެ.
ރަޖިސްޓަރ ކުރަން ފޮނުވާ މެއިލްގައި ހިމަނަންޖެހޭ މަޢުލޫމާތު:
- އިޢުލާން ނަންބަރު (ކޮން މަސައްކަތެއްކަން އެނގޭގޮތަށް މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް).
- މަޢުލޫމާތު ސާފުކުރާ ފަރާތުގެ ކުންފުނީ/ ޕާޓްނާޝިޕް/ ފަރުދުންގެ ވިޔަފާރި/ ކޯޕަރޭޓިވް ސޮސައިޓީގެ ނަން.
- ރަޖިސްޓްރީ ނަމްބަރ.
- އީމެއިލް އެޑްރެސް.
- ގުޅޭނެ މޯބައިލް ނަމްބަރު.
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ، 23 ސެޕްޓެމްބަރ 2024 ވާ ހޯމަދުވަހުގެ 11:30 ގައި މ. މުލީ ކައުންސިލްގެ އިދާރާގައެވެ. ރަޖިސްޓަރ ނުކުރައްވާ ފަރާތްތަކާއި، އަންދާސީ ހިސާބު ހުށަހެޅުމަށް ގަޑިއަށް ހާޒިރު ނުވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
އިވެލުއޭޝަން ކްރައިޓީރިއާ
- މަސައްކަތުގެ އަގު: %75 ޕޮއިންޓް (ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗްމާކު ކަމުގައި ބަލައިގެން)
- ތަޖުރިބާ: ޕޮއިންޓް (ޢިމާރާތް މަރާމާތުކުރުން ނުވަތަ ކޮންސްޓްރަކްޝަންގެ -/30،000 ރުފިޔާއިން މަތީގެ މަސައްކަތްތަކަށް. ކޮންމެ މަސައްކަތަކަށް 5 ޕޮއިންޓް)
- މުއްދަތު: ޕޮއިންޓް (ހުށަހަޅާ އެންމެ ކުރު މުއްދަތަކީ ބެންޗުމާކު ކަމުގައި ބަލައިގެން).
ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.