ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު: |
އއ.މާޅޮހު މާފާތު ބަގީޗާއަށް ކުޅޭސެޓް ހޯދުން
އއ.މާޅޮހު މާފާތު ބަގީޗާއަށް (ކުޑަކުދިންގެ ޕާކް) ކުޅޭ ސެޓްތައް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިއުލާން ނަންބަރު (IUL)345-CAA/345/2024/52 ގައި މައުލޫމާތާއި ގުޅޭ މައްސަލަތަކެއް ހުރުމުން އެ އިއުލާން ބާތިލްކޮށް އަލުން ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ބީލަން ހުށަހަޅާ ފަރާތްތަކުން ސަމާލުކަންދޭންވީ ކަންތައްތައް
- މި މަސައްކަތަށް ބިޑް ހުށަހެޅޭނީ ބިޑް ރަޖިސްޓަރީކުރާ ފަރާތްތަކަށެވެ.
- މި މަސައްކަތައް އަންދާސީ ހިސާބު ހުށަހެޅޭނީ ކުންފުނި (ޕާރޓްނަރޝިޕް) ތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ، ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ (އެސްއެމްއީ) ގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.
- އަގުހުށަހަޅަންވާނީ މަޢުލޫމާތު ޝީޓުގައިވާ ގޮތަށް، އަންދާސީ ހިސާބް ހުށަހަޅާ ފޯމުގައިވާ ގޮތަށެވެ.
- މިމަސައްކަތް ހަވާލުކުރުމުގައި ސަރަހައްދުގެ ބީލަންވެރިންނަށް އިސްކަންދިނުމުގެ ޢުޞޫލަށް ޢަމަލުކުރެވޭނެއެވެ. (މާލިއްޔަތު ޤަވާއިދުގެ 10.77ވަނަ މާއްދާ)
- މިމަސައްކަތާ ގުޅޭ އެންމެހާ މަޢުލޫމާތު ސާފުކުރުމަކީ އަންދާސީ ހިސާބު ހުށަހަޅާފަރާތުގެ ޒިންމާއެކެވެ.
- މި ބީލަމާ ގުޅޭ މަޢޫލޫމަތު ކަރުދާސް އިއުލާނާ އެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
- މި ބީލަމާގުޅޭ ޕްރީބިޑް ބައްދަލުވުމެއް ނޯންނާނެއެވެ.
ބިޑް ރަޖިސްޓްރީ ކުރުން
ބީލަން ހުށަހެޅުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން، 12 ސެޕްޓެމްބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ބިޑް ރަޖިސްޓްރީ ކުރަންވާނެއެވެ. އަދި ބިޑް ރަޖިސްޓްރީކުރާ ފޯމް ފުރިހަމަކޮށް، ހުށަހެޅުމަށްފަހު ރަޖިސްޓަރީވިކަމުގެ ލިޔުން ހޯދަންވާނެއެވެ. ފޯމް [email protected] އަށް މެއިލް ކުރެއްވުން ނުވަތަ މިއިދާރާއަށް ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ކަރުދާސް (ސޮފްޓް ކޮޕީ) ބީލަން ރަޖިސްޓްރީކުރާ ފަރާތުގެ އީމެއިލް އެޑްރެހަށް ފޮނުވައިދެވޭނެއެވެ. ބިޑް ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެވާހަކަ ދަންނަވަމެވެ.
މަޢުލޫމާތު ސާފުކުރުން
މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރައްވާނީ މިއަދުން ފެށިގެން 18 ސެޕްޓެމްބަރ 2024 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ.
އަންދާސީ ހިސާބު ހުށަހެޅުން
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 19 ސެޕްޓެމްބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. އަންދާސީ ހިސާބުތައް ހުންނަންވާނީ، ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި މަސައްކަތަށް ދެވިފައިވާ ނަމާއި، އަދި އަންދާސީ ހިސާބު ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެ އެވެ. ބަދަލުގައި ފޮނުވާނަމަ ޕަވަރ އޮފް އެޓަރނިޓީ ހުށަހަޅަންވާނެއެވެ.
އަންދާސީ ހިސާބު ހުށަހަޅާނީ، މަޢުލޫމާތު ޝީޓާ އެޓޭޗްކުރެވިފައިވާ އަންދާސީހިސާބު ހުށަހަޅާ ފޯމު ފުރިހަމަ ކުރުމަށްފަހު ހުށަހަޅަންޖެހޭ ތަކެއްޗާއެކުގައެވެ. އަގުހުށަހަޅާ ފޯމާއި ފުރިހަމަނުކޮށް ހުށަހަޅާ އަންދާސީހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ. ހުށަހަޅާ އަންދާސީ ހިސާބުތައް އިވެލުއޭޓް ކުރެވޭނޭ ގޮތުގެ ތަފްޞީލު މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެ އެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.