މާޅޮސްމަޑުލު އުތުރުބުރީ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވިޒިޓާރސް ލައުންޖް ކުއްޔަށް ދޫކުރުން (ތިންވަނަ އިއުލާން)

މިރަށު ބަނދަރުގައި މި އިދާރާއިން ގާއިމްކޮށްފައިވާ "ވިޒިޓާރސް ލައުންޖް" ހިންގުމަށް ކުއްޔަށް ދޫކުރުމަށް ކުރެވުނު އިއުލާނު ނަމްބަރު (IUL)310-CA/310/2024/54 އާއި ގުޅިގެން ކުރިމަތިލީ ފަރާތްތަކުން ހުށަހަޅާފައިވާ އަގުތައް ކުޑަކަމަށް ވެންނާތީ، ވިޒިޓަރސް ލައުންޖު ހިންގައިދޭނެ ފަރާތެއް ހޯދުމަށް އަލުން ހުޅުވާލަމެވެ.

                     މި ބީލަމާއިގުޅިގެން މައުލޫމާތު ސާފުކުރެއްވުން އޮންނާނީ 2024 ސެޕްޓެމްބަރު 9 ވާ ހޯމަ ދުވަހުގެ 11:00 ގައި މިއިދާރާގައެވެ. ބިޑަށް ކުރިމަތިލެވޭނީ ބިޑަށް ރަޖިސްޓްރީވާ ފަރާތްތަކަށް އެކަނި ކަމުގައި ވާތީ، 2024 ސެޕްޓެމްބަރު 9 ވާ ހޯމަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން "ބިޑު ރަޖިސްޓްރީ ފޯމް" މެދުވެރިކޮށް ރަޖިސްޓްރީ ކުރުން އެދެމެވެ.

                     ބީލަންތައް ބަލައިގަތުމާއި، އަދި ބީލަން ހުޅުވުން އޮންނާނީ 12 ސެޕްޓެމްބަރު 12 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މާޅޮސްމަޑުލު އުތުރުބުރީ މީދޫ ކައުންސިލް އިދާރާގައެވެ. ގަޑިޖެހުމަށްފަހު ހުށަހެޅޭ ބިޑްތައް ބަލައިނުގަނެ އަނބުރާ ރައްދުކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

                     މަސައްކަތް ހަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެ ގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓްގައި ހިމެނިފައިވާނެއެވެ. އިތުރު މަޢުލޫމާތު [email protected]  އިން ނުވަތަ ރަސްމީ ގަޑީގައި 6580020 އަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

               

މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.       

30 ޞަފަރު 1446

03 ސެޕްޓެމްބަރު 2024

03 ސެޕްޓެންބަރު 2024
ހޯދާ