މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މިއަހަރުގެ ރަމަޟާންމަހު މިފްކޯ މަސްފިހާރައިގައި މިދަންނަވާ މަޤާމުތަކުގައި ވަގުތީގޮތުން މަސައްކަތް ކުރާނެ ހީވާގި މީހުން ބޭނުންވެއެވެ.

  • ކޭޝިއަރުން
  • ފްލޯ އެސިސްޓެންޓުން

މިމަޤާމުތަކަށް ވަގުތީގޮތުން ނެގޭ މީހުން މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ޝިފްޓް އުސޫލުންނެވެ. ނަމަވެސް ވަޒީފާއަށް ހޮވުމުގައި ގިނަވަގުތު މަސައްކަތް ކުރެވޭނެ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ޝިފްޓްތަކުގެ ތަފުސީލު:

ހޮނިހިރު - ބުރާސްފަތި

  • ހެނދުނު ޝިފްޓް: ހެނދުނު 09:30 އިން ހަވީރު 16:00 އަށް (މެންދުރު 12:00 އިން 13:00 އަށް ބްރޭކް)
  • ހަވީރު ޝިފްޓް: ހަވީރު 03:00 އިން ރޭގަނޑު 10:00 އަށް (ހަވީރު 5:30 އިން ރޭގަނޑު 08:30 އަށް ބްރޭކް)

ހުކުރު ދުވަހު:

  • މެންދުރުފަހު ޝިފްޓް: މެންދުރުފަހު 14:00 އިން ހަވީރު 17:30 އަށް
  • ރޭގަނޑު ޝިފްޓް: ރޭގަނޑު 08:30 އިން ރޭގަނޑު 10:00 އަށް

މުސާރަ: ދުވާލަކު 1 ޝިފްޓް ނަގާނަމަ މުޅި މުއްދަތަށް ޖުމްލަ -/3000 ރުފިޔާ

ދުވާލަކު 2 ޝިފްޓް ނަގާނަމަ މުޅި މުއްދަތަށް ޖުމްލަ -/6000 ރުފިޔާ

  • މިމަޤާމުތަކަށް މީހުން ހޮވުމުގައި ޖީ.ސީ.އީ އޯލެވެލް ނިންމާފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • މިމަޤާމުތަކުގައި މަސައްކަތް ކުރާ މީހުންނަށް މަސައްކަތާ ގުޅޭގޮތުން ތަމްރީނު ދެވޭނެއެވެ.
  • ވަޒީފާގެ މުއްދަތަކީ 01 މަސްދުވަސް.
  • އިންޓަރވިއުއަށް ދެންނެވޭނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.

މިކަމަށް ޝައުޤުވެރިވެލައްވާ މީހުން 11 ޖޫން 2015 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ލިބިލައްވާފައިވާ ސެޓުފިކެޓުގެ ކޮޕީ، އައި.ޑީ.ކާޑުގެ ކޮޕީއާއެކު މިފްކޯ ހެޑްއޮފީހަށް ސިޓީ ފޮނުއްވުން އެދެމެވެ. އަދި އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ މިފްކޯ ހެޑްއޮފީހުގެ ފޯން ނަންބަރު 3323932 އަށް ގުޅުއްވުން އެދެމެވެ.

17 ޝަޢުބާން 1436

04 ޖޫން 2015
ހޯދާ