ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
މަރކެޓިން އޮފިސަރ

މަޤާމު: މަރކެޓިން އޮފިސަރ

މުސާރަ

މަހަކު -/6،950 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2،500

މަޤާމުގެ ރޭންކް

AS 4

ބޭނުންވާ އަދަދު

01

މަސައްކަތް ކުރަންޖެހޭ ތަން

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް

 

މަޤާމުގެ ޝަރުޠު:

ގުޅޭ ދާއިރާގެ ޑިޕްލޮމާއެއް އޮތުމާއެކު، ދާއިރާއިން 2 (ދޭއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ޖީ.ސީ.އީ އޭ ލެވެލް އިމްތިޙާނުން 4 (ހަތަރެއް) މާއްދާއިން ފާސްވުމާއެކު ދާއިރާއިން 1 (އެކެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުން 6 (ހައެއް) މާއްދާއިން ފާސްވެފައިވުމާއެކު ދާއިރާއިން 1 (އެކެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ދާއިރާއިން 6 (ހައެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ކުންފުނީގެ ޗެނަލްތަކުން ކަނޑައެޅިފައިވާ އިޝްތިހާރު ސްލޮޓްތައް ވިއްކުން.
  • ޕްރޮގްރާމްތަކަށް ސްޕޮންސަރޝިޕް ހޯދަން މަސައްކަތް ކުރުން.
  • ކުންފުނިން ފޯރުކޮށްދޭ އެހެނިހެން ޚިދުމަތްތައް ވިއްކުން.
  • ޚިދުމަތަށް އެދޭ ފޯމުތައް އެންޓްރީކުރުމާއި ފައިލިންގ ސިސްޓަމް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  • ދުވަހުން ދުވަހަށް ދައްކަންޖެހޭ ޓީވީއެމްގެ އިޝްތިހާރު ޝީޓު އެއްދުވަސް ކުރިއަށް ތައްޔާރުކޮށް އިޝްތިހާރު ޓޭޕް ތައްޔާރުކުރާ ފަރާތާ ހަވާލުކުރުން.
  • ކޮންމެ ދުވަހަކު ހެނދުނު، އިޝްތިހާރު ޝީޓު ކޮންޓްރޯލް ރޫމުން ނަގައި ޑާޓާބޭސް އަޕްޑޭޓްކުރުން.
  • ސޭލްސް ރިލޭޓެޑް ސިޓީތަކަށް ޖަވާބު ދިނުން.
  • ހަފްތާގެ ސޭލްސް ރިޕޯޓު، ކުއާޓަލީ ސޭލްސް ރިޕޯޓު އަދި އެނުއަލް ސޭލްސް ރިޕޯޓު ހެދުން.
  • ޑިޕާޓްމަންޓްގައި މަސައްކަތްކުރާ މީހަކު ސަލާމް ބުނާ ނުވަތަ ޗުއްޓީ ނަގާ ހާލަތެއްގައި އޭނާ ކުރަމުން ގެންދިޔަ މަސައްކަތުގެ ތެރެއިން ޑިޕާޓްމަންޓްގެ ހިންގުމާ ހަވާލުވެހުރި ފަރާތުން ހަވާލުކުރާ މަސައްކަތްތައް ކުރުން.

އިތުރުގަޑި:

އިތުރުގަޑީގެ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މި މަޤާމުތަކަށް މީހުން ހޮވުމާބެހޭ އިތުރު މަޢުލޫމާތު

މި މަޤާމަށް މީހުން ހަމަޖެއްސުމުގައި، މިދާއިރާއިން ތަޢުލީމު ހާސިލުކޮށްފައިވާ ފަރާތްތަކަށާއި، މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭކަމުގެ ސިޓީއާއި، ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ސެޓުފިކެޓެއްނަމަ ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމުގެ ގޮތުން މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  • ވަޒީފާއަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • މަތީގައިވާ މަޤާމަށް އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝޯޓްލިސްޓް ކުރެވޭ ފަރާތަށެވެ.

ސުންގަޑި

 

މި މަގާމަށް އެދިލައްވާ ފަރާތްތަކުން 2015 ޖޫން 16 ވަނަ ދުވަހުގެ 15:00 ގެ ކުރިން މި ކުންފުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ/ ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށް އެދޭ ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000210 އާ ގުޅުއްވުން އެދެމެވެ.

17 ޝަޢުބާން 1436

04 ޖޫން 2015
ހޯދާ