މަޤާމު: ޖަރނަލިސްޓް ގްރޭޑް 1
|
މުސާރަ
|
މަހަކު -/6900 ރުފިޔާ
|
ސަރވިސް އެލަވަންސް
|
މަހަކު -/3000
|
މަޤާމުގެ ރޭންކް
|
TP 5
|
ބޭނުންވާ އަދަދު
|
06
|
މަސައްކަތް ކުރަންޖެހޭތަން
|
ޕަބްލިކް ސަރވިސް މީޑިއާ
|
ޑިޕާޓްމަންޓް
|
|
މަޤާމުގެ ޝަރުޠު:
|
މަޤާމާ ގުޅޭ ދާއިރާއިން ޑިޕްލޮމާއެއް އޮތުން، ނުވަތަ ޖީ.ސީ.އީ. އޭލެވެލް އިމްތިޙާނުން މަދުވެގެން 4 މާއްދާއިން ފާސްވެފައިވުމާއި، މަޤާމާ ގުޅޭ ދާއިރާއިން 1 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ޖީ.ސީ.އީ. އޯލެވެލް އިމްތިޙާނުން 6 މާއްދާއިން ފާސްވެފައިވުމާއެކު މަޤާމާގުޅޭ ދާއިރާއިން 1 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ދާއިރާއިން 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ޕަބްލިކް ސަރވިސް މީޑިއާގެ ގާނޫނަށާއި ސިޔާސަތުތަކަށާއި ކޯޕަރޭޝަނުން މުވައްޒަފުންނަށް އަންގާ އެންގުންތަކަށް ފުރިހަމައަށް ތަބާވެ ބޯލެބުން.
- ރޭޑިއޯއާއި ޓީވީއާއި އޮންލައިނާއި އަދި ނިއުމީޑިއާގެ އެކިއެކި ޕްލެޓްފޯމްތަކަށް ޚަބަރާއި ރިޕޯޓު ހަދައި ހުށަހެޅުމާއި، ވީޑިއޯ/ އޯޑިއޯ/ ފޮޓޯ އަދި ބޭނުންކުރާ އެހެނިހެން މެޓީރިއަލް އެޑިޓްކުރުމާއި އަދި އެމަސައްކަތުގައި އެހީތެރިވެދިނުން.
- އޮންކެމެރާ ސްޓޭންޑަޕްސް ހެދުން، އިވެންޓްތައް ރޭޑިއޯއަށާއި ޓީވީއަށް ލައިވްކުރުން.
- ކަރަންޓް އެފެއާޒް ޕްރޮގްރާމްތައް އުފައްދައި ހުށަހަޅައިދިނުން ނުވަތަ މިކަންކަން ކުރުމަށް އެހީތެރިވެދިނުން.
- ނިއުސް ޑޮކިއުމެންޓްރީ އުފެއްދުން ނުވަތަ އުފެއްދުމަށް އެހީތެރިވެދިނުން.
- ދިވެހި ރައްޔިތުންނަށް ދުވަހުން ދުވަހަށް ފޯރުވައިދޭ ޚަބަރާއި މަޢުލޫމާތު އެންމެ ހަލުވިކޮށް އެންމެ އަވަސްމިނުގައި ގެނެސްދިނުމާއި އެގެނެސްދޭ ކޮންޓެންޓަކީ (ވީޑިއޯ/ އޯޑިއޯ/ ޓެކްސްޓް އަދި އެހެނިހެން ވަސީލަތްތައް) އޯޑިއަންސް ހިތްހަމަޖެހޭފަދަ ކޮލިޓީއެއް ހުރި އެއްޗެއްސަށް ހެދުމަށް ގަދައަޅައި މަސައްކަތްކުރުން.
- ރޭޑިއޯއާއި ޓީވީން ޚަބަރު ޕްރެޒެންޓްކުރުން
- އެސައިންކުރެވޭ މަސައްކަތް ފުރިހަމަކޮށް ކަނޑައެޅޭ ޑެޑްލައިންތަކަށް ނިންމުން.
- ރޭޑިއޯ/ޓީވީ ޕްރޮގްރާމްތައް ޕްރޮޑިއުސްކުރުން ނުވަތަ އެހީތެރިވެދިނުން.
- ނިއުސްވަރދީ އިވެންޓްތަކުގެ މަޢުލޫމާތު އެއްކޮށް ދިރާސާކުރުމާއި، ނިއުސް ފޯރަމަށް ޚަބަރު ޕްރޮސްޕެކްޓްސް ލުން.
- މީގެ އިތުރުން އިސްވެ ދެންނެވުނު ކަންތައްތަކުގެ ތެރޭގައި ނުހިމެނުނުނަމަވެސް، ދިމާވާ ހާލަތަކާ ގުޅިގެން ނުވަތަ ޚާއްޞަ ހާލަތްތަކާ ގުޅިގެން ނިއުސް ޑައިރެކްޓަރ އަންގަވާ އެހެނިހެން ކަންކަން ކުރުން.
|
އިތުރުގަޑި:
|
އިތުރުގަޑީގެ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
މި މަޤާމުތަކަށް މީހުން ހޮވުމާބެހޭ އިތުރު މަޢުލޫމާތު
|
މި މަޤާމަށް މީހުން ހަމަޖެއްސުމުގައި، މިދާއިރާއިން ތަޢުލީމު ހާސިލުކޮށްފައިވާ ފަރާތްތަކަށާއި، މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދޭކަމުގެ ސިޓީއާއި، ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ސެޓުފިކެޓެއްނަމަ ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމުގެ ގޮތުން މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ވަޒީފާއަށް ކުރިމަތިލާފަރާތުގެ ވަނަވަރު.
- ވަޒީފާއަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- މަތީގައިވާ މަޤާމަށް އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝޯޓްލިސްޓް ކުރެވޭ ފަރާތަށެވެ.
|
ސުންގަޑި
|
މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 2015 ޖޫން 16 ވަނަ ދުވަހުގެ 15:00 ގެ ކުރިން މި ކުންފުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ/ ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށް އެދޭ ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ.
|
އިތުރު މަޢުލޫމާތު:
|
މަޢުލޫމާތު ހޯއްދެވުމަށް 3000210 އާ ގުޅުއްވުން އެދެމެވެ.
|