ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ގައްދޫ ފުޓްސަލް ޗެލެންޖް 2024" ގެ ކެންވަސްތައް ޕްރިންޓްކޮށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާއިގުޅޭ

"ގައްދޫ ފުޓްސަލް ޗެލެންޖް  2024" ގެ ކެންވަސްތައް ޕްރިންޓްކޮށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާއިގުޅޭ؛

                  "ގައްދޫ ފުޓްސަލް ޗެލެންޖް  2024" ގެ ކެންވަސްތައް ޕްރިންޓްކޮށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް މިއިދާރާއިން ކޮށްފައިވާ ނަންބަރ (IUL)419-CAA/419/2024/103 (02 ސެޕްޓެމްބަރ 2024) އިޢުލާނުގެ މަޢުލޫމާތު ޝީޓުގައި މައްސަލައެއް ހުރުމާއި ގުޅިގެން އެ އިޢުލާން ބާޠިލްކޮށް، މަޢުލޫމާތު ޝީޓު އިސްލާހު ކުރުމަށްފަހު، 2024 އޮކްޓޯބަރު 25 ގައި ފެށުމަށް ހަމަޖެހިފައިވާ "ގައްދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2024" ގެ ކެންވަސްތައް ޕްރިންޓްކޮށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.

ވީމާ، "ގައްދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2024" ގެ ކެންވަސްތައް ޕްރިންޓްކޮށް ސަޕްލައިކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ގދ.ގައްދޫ ކައުންސިލް އިދާރާއަށް ވަޑައިގެން ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

                  އީމެއިލް ޒަރީއާއިން ހުށަހެޅޭ ބީލަންތައް ބަލައިގަނެވޭނެއެވެ. މެއިލް ކުރައްވާނީ، [email protected] އަށެވެ. އީމެއިލްކުރާ ކަމުގައިވާނަމަ އީމެއިލް ލިބުނުކަން ކަށަވަރު ކުރަންވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް 9111005/7931318 އަށް ގުޅުއްވުން އެދެމެވެ.

 

1

އަގު ހުށަހެޅުމުގެ ސުންގަޑި އާއި ހުށަހަޅާނެ ގޮތް

  • 10 ސެޕްޓެމްބަރ 2024 ވާ އަންގާރަ ދުވަހުގެ 11:00 އަށް ގދ.ގައްދޫ ކައުންސިލް އިދާރާއަށް އަގު ހުށައެޅުއްވުން އެދެމެވެ.
  • (ސުންގަޑީގެ ފަހުން ހުށަހެޅޭ ބީލަންތައް ބަލައި ނުގަނެވޭނެއެވެ.)

2

ބީލަން ހުށަހަޅާއިރު ހުށަހަޅަން ޖެހޭ ލިޔުންތައް

ބީލަން ހުށަހަޅާ ފޯމް، ސްޓޭޓްމަންޓް އޮފް ރިކުއަރމަންޓްގައި ބަޔާންކޮށްފައިވާ ލިޔުންތައް.

 

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

02 ސެޕްޓެންބަރު 2024
ހޯދާ