ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު
ދިވެހިރާއްޖެ
ތަރުތީލުކޮށް ޤުރުއާން ކިޔަވަން ދަސްކޮށްދިނުމުގެ ޚާއްޞަ ޕްރޮގްރާމެއް ފެށުމަށް

      އިޢުލާން 

          މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އިންތިޒާމްކޮށްގެން މާލޭ ސަރަހައްދުގައި "މަޤާމަތުލް ޤުރްއާނިއްޔާ" ގެނަމުގައި ތަރުތީލުކޮށް ޤުރުއާން ކިޔަވަން ދަސްކޮށްދިނުމުގެ ޚާއްސަ ޕްރޮގްރާމެއް 6 ސެޕްޓެންބަރު 2024 ވާ ހުކުރުދުވަހުގެރޭ ފެށުމަށްވަނީ ހަމަޖެހިފައެވެ.

މިޕްރޮގްރާމުގެ ކިޔެވުން ކުރިޔަށްދާނީ ސަލްމާން ރަސްގެފާނު މިސްކިތުގައި ކޮންމެ ހުކުރު ދުވަހެއްގެރޭ ޢިޝާނަމާދަށްފަހު، 20:00 އިން 21:00 އަށެވެ.

        ވީމާ، މި ޕްރޮގްރާމްގައި ބައިވެރިވެލެއްވުމަށް ޝައުޤުވެރިވެލައްވާ ޢުމުރުން 10 އަހަރުންމަތީގެ ފިރިހެން ބޭފުޅުން ތިރީގައިވާ ގޫގުލް ފޯމް ފުރިހަމަ ކުރުމަށްފަހު ހުށަހެޅުން އެދެމެވެ.       

https://forms.gle/Mxktdni7ZioJ5mwE9

02 ސެޕްޓެންބަރު 2024
ހޯދާ