ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިރަށު ފިނިރޯޅި ގެއާއި ޖެހިގެން ހުޅަނގަށް އޮތް ހުސްބިން ކުއްޔަށް ދޫކުރުމާއި ބެހޭ:

1. ޕްރޮޖެކްޓް ނަންބަރު: PC-410/2024/W-30

2. މި ބިން ކުއްޔަށް ހިފާނެ ފަރާތެއް ހޯދުމަށް މީގެ ކުރިން 13 އޮގަސްޓް 2024ވަނަ ދުވަހު މިކައުންސިލުން ކުރި ނަންބަރު: (IUL)410-P/410/2024/30 އިޢުލާނާއި ގުޅިގެން، އެ ބިޑް ބަލައިގަތުމުގެ ޕްރޮސެސް ކުރިޔަށް ދަނިކޮށް، ބިޑްގެ ސިއްރުކަން ގެއްލޭފަދަ ގޮތަކަށް، ބިޑަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުގެ މެދުގައި ހަދާފައިވާ ވައިބާ ގްރޫޕަށް ބިޑް ސަބްމިޓްކުރުމުގެ ލިންކް ދިނުމުގެ ކުރިން، ބިޑްގެ ބައިވެރިއަކު  އެފަރާތުގެ ޕްރޮޕޯސަލް (ބިޑް ޑޮކިއުމަންޓް) އެހެން ބައިވެރިންނަށްވެސް ފެންނާނެހެން ގްރޫޕަށްލާފައި ވާތީ، އެބިޑް ކެންސަލްކޮށް އަލުން އިޢުލާން ކުރުމަށް ނިންމުމާއިގުޅިގެން އަލުން މިބިމަށް ކުރިމަތިލުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލަމެވެ. އެހެންކަމުން:-

3. މިރަށު 'ފިނިރޯޅި' ގެ އާއި ޖެހިގެން އޮތް 1312 އަކަފޫޓުގެ ހުސްބިން ބިޑް އުޞޫލުން 20 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް މިކައުންސިލުގެ 4 ވަނަ ދައުރުގެ 165 ވަނަ އާންމު ބައްދަލުވުމުގައި ނިންމާފައި ވާތީ، އެ މިބިމުގައި ކެފޭ، ރެސްޓޯރަންޓް ހަދައި ޢާންމު ރައްޔިތުނަށް ޚިދުމަތް ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

  • މި ބިޑަށް ކުރިމަތިލާފަރާތަކީ، އެފަރާތުގެ މަސްޢޫލުވެރިކަމުގެ ދަށުގައިވާ އެއްވެސް ވިޔަފާރިއަކުން ކައުންސިލަށް ދައްކަންޖެހޭ ފައިސާއެއް، ޖޫރިމަނާއެއް ދައްކަންޖެހޭ ފަރާތެއްކަމުގައި ވެގެންނުވާނެއެވެ.
  • ކުރިން ބިމެއް ކުއްޔަށް ނަގާފައިވާ ފަރާތެއްނަމަ ގަވާޢިދުން ކުލިދައްކާފައިވާ ނުވަތަ ދައްކަމުންގެންދާ ފަރާތެއްކަމުގައި ވާންވާނެއެވެ.
  • ފާއިތުވި 3 އަހަރުދުވަހުގެ ތެރޭގައި ސާބިތުދަރަނީގެ މައްސަލައެއްގައި ރާއްޖޭގެ ޝަރުޢީ އެއްވެސް ކޯޓަކުން ހުކުމެއްކޮށްފައިވާ މީހެއްކަމުގައި ވެގެންނުވާނެއެވެ.

4. މި ބިޑް ކާމިޔާބު ކުރާ ފަރާތުން އެތަނުގައި ވިޔަފާރިއެއް ކުރެވޭނީ، ކަމަށް ބޭނުންވާ ހުއްދަތައް ނެގުމާއެކު އިކޮނޮމިކް މިނިސްޓްރީގައި ވިޔަފާރި ރަޖިސްޓްރީކޮށްގެން އޭގެ ދަށުންނެވެ.

5. ބިޑް ކާމިޔާބު ކުރާފަރާތާއި މިކައުންސިލާއި އެކު ވެވޭ އެއްބަސްވުމުގެ ދަށުން ބިޑް ކާމިޔާބު ކުރެވޭ ފަރާތުން އެބިމުގައި މި އިޢުލާނުގެ 3 ވަނަ ނަންބަރުގައިވާ ފަދައިން އެތަނުގައި ވިޔަފާރިއެއް ނުފަށާ 12 މަސްދުވަސް ފާއިތު ވެއްޖެނަމަ، އެއްވެސް ބަދަލެއް ދިނުމަކާއި ނުލާ އެބިން ވަކި ކުރެވޭނެއެވެ.

6. މިބިމުގައި މަސައްކަތް ކުރަން ވާނީ ބިން ކުއްޔަށް ނަގާ ފަރާތުންނެވެ. އެފަރާތުން އެހެން ފަރާތަކަށް ބިން ކުއްޔަށް ދީ ވިއްކައި ނުހެދޭނެއެވެ.

7. ބިޑް އުޞޫލުން މި ބިން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ  އެންމެ ކުޑަ އަގަކީ އަކަފޫޓަކަށް 00.25 (ފަންސަވީސް ލާރި) އެވެ.

8. މިގޮތުން މި ބިޑް ކާމިޔާބު ކުރެވޭނީ ޝަރުތު ހަމަވާ ހުށަހެޅުންތަކުގެ ތެރެއިން އަކަފޫޓަކަށް އެންމެ މަތިން އަގު ހުށަހަޅާ ފަރާތްތަކުން ހުށަހަޅާ ޕްރޮޕޯސަލްތަކަށް ބެލެހުމަށްފަހު ކަނޑައެޅިފައިވާ ކްރައިޓީރިއާތަކުން އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތަކަށެވެ.

9. ބިޑް އިވެލުއޭޝަން ކްރައިޓީރިއާ ތަކަކީ:

-   ހުށަހަޅާ ކުލި % 70

  • (ހުށަހަޅާ ކުލި ކަމުގައިބަލާނީ ކުލީގެ ގޮތުގައި އަކަފޫޓަކަށް މަހަކަށް ހުށަހަޅާ އަގުން، ހުށަހަޅާފަރާތުން 20 އަހަރު ދުވަހަށް ޖެހޭ ޖުމްލަ އަގެވެ.)

-   ބިމުގައި ކުރުމަށް ގަސްދުކުރާ ވިޔަފާރީގެ ބިޒްނަސް ޕްލޭން % 25

-  ވިޔަފާރި ފެށުމަށް ހޭދަވާނެ މުއްދަތު % 5

10. ހުށަހަޅާ ޕްރޮޕޯސަލްގައި ހުންނަންވާނެ ޝަރުތުތައް:

-  ހުށަހަޅާ ފަރާތުގެ ސިޓީ

-  ޕްރޮފައިލް

-  ހުށަހަޅާ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީ

-  ކުރަން ގަސްދު ކުރާ ވިޔަފާރީގެ ބިޒްނަސް ޕްލޭން

-  ބިމުގެ ކުލި އަކަފޫޓަކަށް ހުށަހަޅާ ކުލި، 20 އަހަރު ދުވަހަށްޖެހޭ ޖުމްލަ ބިމުގެ ކުލި

-  ވިޔަފާރި ފެށުމަށް ހޭދަވާނެ މުއްދަތު

-  ވިޔަފާރި ކުރުމުން ކައުންސިލަށާއި ރަށުގެ އާންމު މުޖުތަމަޢަށް ވާނެ ފައިދާ

11. އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ

ހޭރިޔާމަގު، ގއ.ދާންދޫ، ދިވެހިރާއްޖެ،

ފޯން  : 6820026، 7330026

އީމެއިލް : [email protected]

12. މި އިޢުލާނާއި އެއްގޮތަށް ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީވެވޭނީ، ބީލަމަށް ރަޖިސްޓްރީ ވުމަށް އެދޭ ފަރާތްތަކުގެ ނަމާއި އެޑްރެސް، އައިޑީ ނަންބަރު، ފޯން ނަންބަރާއި އީ-މެއިލް އެޑްރެސް ތިރީގައި މިވާ ލިންކް މެދުވެރިކޮށް 15 ސެޕްޓެންބަރު 2024 ވާ އާދީއްތަ ދުވަހުގެ 10:00ގެ ކުރިން، ފޮނުވުމުންނެވެ.

ބިޑްގައި ރަޖިސްޓްރީ ވުމަށް ފުރިހަމަ ކުރަންޖެހޭ ފޯމްގެ ލިންކް:  https://forms.gle/XJbJ3v9D3oZi5uHJA

13. ބިޑް ހުށަހެޅުން:

ބިޑް ހުށަހެޅުން، ބިޑް ހުޅުވުން އޮންނާނީ  16 ސެޕްޓެންބަރު 2024ވާ ހޯމަ ދުވަހުގެ 13:00 ގައި މިއިދާރާގެ ކޮންފަރެންސް ހޯލުގައި އޮންލައިންކޮށް ބާއްވާ މީޓިންގައެވެ. ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރެއިން ބިޑް މީޓިންގއަށް ހާޒިރުވާން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު އޮންނާނެއެވެ. އެހެން ނަމަވެސް އެފަދަ ފަރާތްތަކަށްވެސް ބިޑް ހުށަހެޅުމުގެ ފުރުސަތު ދެވޭނީ އޮންލައިން ޒަރީއާއިންނެވެ. ބިޑް ހުށަހެޅުމުގެ ލިންކް ދެވޭނީ މި މީޓިންގެ ތެރެއިންނެވެ. އެހެންކަމުން އެކަމަށް ޚާއްޞަ ސަމާލުކަން ދިނުމަށް ދަންނަވަމެވެ. ބިޑުގައި ރަޖިސްޓްރީވާ ފަރާތްތަކަށް ބާއްވާ އޮންލައިން މީޓިންގައި ދެވޭ އިރުޝާދުތަކާ އެއްގޮތަށް ނޫންގޮތެއްގައި އެއްވެސް ފަރާތަކުން މުޢާމަލާތްކޮށް ހަދައިގެންނުވާނެއެވެ.

14. ހުށަހަޅާ ޕްރޮޕޯސަލް ތަކުން އެވޯޑް ކުރެވޭ ފަރާތަށް މަސައްކަތް ހަވާލުކުރެވޭނީ ދަޢުލަތުގެ މާލިއްޔަތުގެ ޤަވާޢިދާއި އެއްގޮތްވާ ގޮތުގެ މަތިންކަމުގައި ދެންނެވީމެވެ.

މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

02 ސެޕްޓެންބަރު 2024
ހޯދާ