ދިވެހިރާއްޖެ
އިޢުލާން
ތިނަދޫ ސިޓީގައި ގްރީން އޭރިޔާ ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ގްރީން އޭރިޔާ ތަރައްޤީކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރ: (IUL)415/415/2024/223އިޢުލާނުގެ އަންދާސީ ޙިސާބު ހުށަހެޅުމުގެ މުއްދަތު އިތުރުކުރުން
ތިނަދޫ ސިޓީގައި ގްރީން އޭރިޔާ ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ގްރީން އޭރިޔާ ތަރައްޤީކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރ: IUL)415/415/2024/218) (30 ޖުލައި 2024) އަދި IUL)415/415/2024/223) (08 އޮގަސްޓް 2024) އިޢުލާނާއި ޙަވާލާދީ ދަންނަވަމެވެ.
ޙަވާލާދީ ދެންނެވިފައިވާ އިޢުލާނާއި ގުޅިގެން އެ ބީލަމުގެ މައުލޫމާތުޝީޓަށް ބަދަލުތަކެއް އައިސްފައިވާތީ މި މަސައްކަތުގެ އަންދާސީ ޙިސާބު ހުށަހެޅުމުގެ މުއްދަތު 10 ސެޕްޓެމްބަރ 2024 ވަނަ ދުވަހުގެ 11:00އަށް އިތުރުކުރެވިފައިވާ ވާހަކަ ދަންނަވަމެވެ. މި މަސައްކަތަށް އަންދާސީ ޙިސާބު ހުށަހެޅޭނީ ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
| 
 | ތާރީޙް | ދުވަސް | ގަޑި | ތަން | 
| އަންދާސީ ޙިސާބު ހުށަހެޅުއްވުން | 10 ސެޕްޓެމްބަރ 2024 | އަންގާރަ | 11:00 | ތިނަދޫ ސިޓީ ކައުންސިލް މީޓިންގ ރޫމް | 
 
                    