ދިވެހިރާއްޖެ
ނަންބަރ: (IUL)413/413/2024/33
އިޢުލާން
މިކައުންސިލްގެ ޤުރުއާން މުބާރާތް "ގެމަނަފުށީ ކައުންސިލް ޤުރުއާން މުބާރާތް 1446" ހިންގުމަށް ޝައުޤުވެރިވާ ގެމަނަފުށީ ގައި ރަޖިސްޓްރީ ކުރެވިފައިވާ ކުލަބް ޖަމްއިއްޔާތަކުން އެކަމަށްއެދި ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުޞަތު ހުޅުވާލުން.
ގެމަނަފުށީ ކައުންސިލް ޤުރުއާން މުބާރާތް 1446" ހިންގުމަށް ޝައުޤުވެރިވާ ގެމަނަފުށީ ގައި ރަޖިސްޓްރީ ކުރެވިފައިވާ ކުލަބް ޖަމްއިއްޔާތަކުން އެކަމަށްއެދި ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުޞަތު ވަނީ ހުޅުވައިފައެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ މިރަށުގެ ރަޖިސްޓްރީ ވެފައިވާ ކުލަބް ޖަމްއިއްޔާތަކުން 16 ސެޕްޓެމްބަރ 2024 ވާ ހޯމަ ދުވަހުގެ 10:00 ގެ ކުރިން ޕްރޮޕޯސަލް [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. މިކަމާއިގުޅިގެން އިތުރު މައުލޫމާތު ސަފުކުރެއްވުން އޮންނާނީ 10 ސެޕްޓެމްބަރ 2024 ވާ އަންގާރަ ދުވަހުގެ 10:00 ގައި ގެމަނަފުށީ ކައުންސިލް އިދާރާގައި އެވެ.
ޤުރުއާން މުބާރާތް ހިންގުމުގެ ގޮތުން ހުށަހަޅާ ޕްރޮޕޯސަލްގައި ކޮންމެހެން ހިމަނަންޖެހޭ ބައިތައް
- ޤުރުއާން މުބާރާތް 2 ދުވަހަށް ބަހާލާއިގެން ދުވާލާއި ރޭގަނޑު ހަރަކާތްތައް ކުރިއަށް ގެންދާނެ ގޮތުގެ ތާވަލާއި އޭގެ ތަފްޞީލް ހިމެނުން.
- ޤުރުއާން މުބާރާތް ހިންމުގަމަށް ޚަރަދުވާނެ ކަމަށް ލަފާކުރެވޭ ބަޖެޓްގެ ތަފްޞީލް ހިމެނުން.
- ޖަމްއިއްޔާގެ ފަރާތުން ކުރައްވާނެ ޚަރަދުތަކުގެ ތަފްޞީލާއި، އަގެއް ނުނަގާ ކުރިއަށް ގެންދާނެ ހަރަކާތްތަކުގެ ތަފްޞީލް ހިމެނުން.
- ޕްރޮޕޯސަލްގައި ހިމަނަން ބޭނުންވާ އެހެނިހެން ކަންކަން ހިމެނުން.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
29 ސަފަރަ 1446
02 ސެޕްޓެމްބަރ 2024
އިބްރާހީމް ނާޝިދު
ކައުންސިލްގެ ރައީސް