ދިވެހިރާއްޖެ
އިޢުލާން
ކައުންސިލް ބެލުމުގެ ދަށުގައި ވާ ބައެއް ބިންތައް ސާފުކުރުމުގެ މަސައްކަތްތަކާއިގުޅޭ
މިކައުންސިލުން ދޭ މައުލޫމާތާއި އެއްގޮތަށް މިރަށު މަސްޖިދުލް ތަޤުވާ (މިހާރު އުވާލާފައިވާ އަންހެނުންގެ މިސްކިތް)، ރައްވެހިގެ އަދި ބްލޮކް ނަންބަރު 91 ބިންސާފުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.
މިމަސައްކަތަށް އަގު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު:19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ސުންގަޑީގެ ކުރިން ބިޑް ރަޖިސްޓްރީ ކޮށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ބިޑް ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.
މައުލޫމާތު ސެޝަން: |
02 ސެޕްޓެމްބަރ 2024 ، 11:00 )އަލިފުށީ ކައުންުސިލް އިދާރާގައި ( |
ބިޑް ރަޖިސްޓްރީ ކުރުން: |
12 ސެޕްޓެމްބަރ 2024 10:00 ކުރިން |
ބިޑް ރަޖިސްޓްރީ ލިންކު |
https://forms.office.com/r/wiPHGwsXwt |
އަންދާސީ ހިސާބު ހުށަހެޅުން: |
12 ސެޕްޓެމްބަރ 2024 11:00 އަލިފުށީ ކައުންުސިލް އިދާރާގައި |
މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ.