ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
އެކައުންޓްސް އޮފިސަރ

 

 

 

 

(IUL)PSM-HR/PSM/2024/292

ވަޒީފާގެ ފުރުޞަތު

 

މަޤާމް

އެކައުންޓްސް އޮފިސަރ

މަޤާމުގެ ރޭންކް

 L8-E1

ބޭނުންވާ އަދަދު

01

ވަޒީފާ އަދާ ކުރަންޖެހޭ ތަން

ޕަބްލިކް ސަރވިސް މީޑިއާ، މާލެ

ޑިޕާޓްމަންޓް

ފައިނޭންސް

ވަޒީފާގެ ބާވަތް

01 އަހަރު ދުވަހުގެ ކޮންޓްރެކްޓް (މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު އެއްބަސްވުން އާ ކުރެވޭނެއެވެ. 20 އަހަރު ދުވަހުގެ ކޮންޓްރެކްޓް ފުރިހަމަކުރުމުން ދާއިމީ ކުރެވޭނެއެވެ.)

ރަސްމީ މަސައްކަތު ގަޑި

ހަފްތާއަކު 05 ދުވަހު - ދުވާލަކު 08 ގަޑިއިރު

އަސާސީ މުސާރަ

 -/6,400 ރުފިޔާ

ސަރވިސް އެލަވަންސް

-/3,000 ރުފިޔާ

އެހެނިހެން އެލަވަންސްތައް:

  • އެޓެންޑެންސް އެކްސެލެންސް އެލަވަންސް: ވަޒީފާއަށް ނިކުންނަ ދުވަހަކަށް 35 ރުފިޔާގެ ރޭޓުން ފައިސާ ދެވޭނެއެވެ.
  • ޓެކްނިކަލްކޯ އެލަވަންސް: ވަޒީފާ އަދާކުރަންޖެހޭ ދާއިރާއާގުޅޭ ރޮނގުން ދިވެހިރާއްޖޭގެ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ ސަނަދެއް ޙާސިލްކޮށް ހުށަހަޅާ ފަރާތްތަކަށް، އަސާސީ މުސާރައިގެ %20 އެލަވަންސް ހަމަޖެހޭނެއެވެ.

(ޓެކްނިކަލް ކޯ އެލަވަންސް ހަމަނުޖެހޭނަމަ، ކަނޑައެޅިފައިވާ އުސޫލުން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި ކުންފުނީގެ ސިޔާސަތުތަކާއި، ޤާނޫނާއި ގަވާއިދުގެ މަތިން ފައިސާ ލިބޭނެއެވެ). 

  • ޝިފްޓް އެލަވަންސް.: ޝިފްޓް އުސޫލުން މަސައްކަތްކުރަންޖެހޭނަމަ، އެޝިފްޓަކަށް ފައިސާ ދެވޭނެއެވެ.
  • އެކްސްޓްރާ ޑޭ އެލަވަންސް: ޤާނޫނުގެ ބަޔާންކޮށްފައިވާ ބަންދު ދުވަސްތަކުގައި، ވަޒީފާއަށް ނިކުންނަންޖެހޭ ނަމަ ކަނޑައެޅިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.
  • ޓްރާންސްޕޯޓް އެލަވަންސް: ހުޅުމާލެ ނުވަތަ ވިލިމާލޭގައި ދިރިއުޅުއްވާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުސޫލުން އެލަވަންސް ހަމަޖެހޭނެއެވެ.
  • ޕެންޝަން ސްކީމް: ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  • މީގެ އިތުރުންވެސް އިތުރުގަޑީގެ އެލަވަންސާއި ކޮމިއުނިކޭޝަން އެލަވަންސް، ކަނޑައެޅިފައިވާ އުސޫލުން ހަމަޖެހޭނެއެވެ.

މަޤާމުގެ ޝަރުތު:

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާ އަކުން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 ގެ ސެޓުފިކެޓެއް ހާސިލް ކޮށްފައިވުމާއިއެކު މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 3 އަހަރުދުވަހު މެނޭޖީރިއަލް ލެވެލްގައި މަސައްކަތް ކޮށް ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
  • ސާނަވީ އިމްތިހާނުން ދައްވެގެން 4 މާއްދާއިން މަދުވެގެން ސީ ފާސް ލިބިފައިވުން؛
  • މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 5 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.

ވަޒީފާ އަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • އެކައުންޓިންގ ސޮފްޓްވެއަރ ބޭނުންކުރަން އެނގުން؛
  • މައިކްރޯސޮފްޓް އެކްސެލް އަދި ވޯޑަށް ފަރިތަ މީހަކަށްވުން؛
  • އިނގިރޭސި އަދި ތާނަ ފަރިތަކަމާއިއެކު ޓައިޕް ކުރަން އެނގުން؛   
  • މަސައްކަތަށް ފަރުވާތެރި އަމާނާތްތެރި ނަޒާހަތްތެރި މީހެއްކަމުގައިވުން؛
  • އެކައުންޓިންގ ޕްރިންސިޕަލް އަދި ފަންޑަމެންޓަލް އަށް އަހުލުވެރިވުން؛
  • އެހެން މީހުނާ ގުޅިގެން މަސައްކަތް ކުރެވޭނެ މީހެއް ކަމުގައި ވުން؛
  • މަސައްކަތުގައި ދިމާވާ މައްސަލަތައް ހައްލުކޮށް ޕްރެޝަރ ހޭންޑަލް ކުރެވޭނެ މީހެއް ކަމުގައިވުން؛
  • ފައިސާއާބެހޭ ޤާނޫނާއި ޤަވާއިދުތަކަށް އަހުލުވެރިވުން އަދި އަތްމަތީ ފައިސާ ގެންގުޅެން އެނގުން؛
  • މެނޭޖްމެންޓް ރިޕޯޓުތައް ތައްޔާރުކުރަން އެނގުން؛
  • އަނެކާއާ މުއާމަލާތު ކުރުމުގެ ހުނަރު ހުރުން؛
  • ޖީ.އެސް.ޓީ ރިޕޯޓް ތައްޔާރުކުރަން އެނގުން؛
  • ފައިނޭންޟިއަލް ރިޕޯޓް އަދި ކޯސްޓިންގ ހަދަން އެނގުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ޑިޕާޓްމަންޓަށް ލިބޭ ރިކުއެސްޓްތަކާއި ބަޖެޓް ޕްރޮޕޯޒަލްތައް އެންޓްރީކޮށް ބަލަހައްޓާ ހަވާލު ކުރަންޖެހޭ ފަރާ ތަކާއި ހަވާލުކުރުން؛
  • ފައިސާދެއްކުމަށް ޑިޕާޓްމަންޓަށް ލިބޭ އިންވޮއިސްތަކާގުޅޭ ޑޮކިއުމެންޓްސް އަދި ޕޭމަންޓް ވައުޗާރތައް ފައިލްކޮށް ބެލެހެއްޓުން؛
  • އެދުވަހެއްގަ ލިބޭ ޕޭމަންޓްތަކުގެ ސްލިޕްތައް އެފަރާތަކަށް ފޮނުވުން؛
  • ފައިސާ ދެއްކުމުގައި ޑިޕާޓްމަންޓަށް ލިބޭ އިންވޮއިސްތަށް އެކްސެލް އަދި ސޮފްޓްވެއަރ އަށް އެންޓަރކުރުން؛
  • ދަތުރު އަދި އެހެނިހެން ކަންކަމުގައި މުވައްޒަފުންނާ ހަވާލުކުރެވޭ ފައިސާގެ ޝީޓްތައް ހަދާ އެންޓްރީ ބެލެހެއްޓުން؛
  • ރިކުއެސްޓް/ ޕްރޮގްރާމްތަކުގެ ބަޖެޓް ބެލެހެއްޓުން؛  
  • މީގެ އިތުރުންވެސް އެޗްއޯޑީ ނުވަތަ އެވަގުތު ހުންނަ ސުޕަވައިޒަރ ހަވާލުކުރާ މަސައްކަތްތައްކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

-  އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛

-  އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ

-  ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ އެޓެސްޓް ކުރެވިފައިވާ ލިޔުމުގެ ކޮޕީ

  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ޕޮލިސް ރިޕޯޓް (4 މަސްނުވާ).

ޝޯޓްލިސްޓް ކުރުމާއި އިންޓަވިއު ކުރުން:

  • މަޤާމުގެ ޝަރުތުތަކާ އެއްގޮތަށް، ތަޢުލީމާއި ތަޖުރިބާއަށް (ހުށަހަޅާފައިވާ ލިޔެކިއުންތައް) ބަލާ ޝަރުތު ފުރިހަމަވާ ފަރާތްތައް ޝޯޓްލިސްޓްކޮށް، އެފަރާތްތަކަށް އިންޓަވިއުއަށް ދަޢުވަތު ދެވޭނެއެވެ.
  • މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބަލާ (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައިވެސް ހިމެނިގެން)، އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.

(އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެކަން އިންޓަރވިޔުއަށް ދައުވަތުދޭއިރު އެންގޭނެއެވެ.)

ސުންގަޑި

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 10 ސެޕްޓެމްބަރު 2024 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/careersއަށް ލިޔުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ. ނުވަތަ [email protected] އަށް ލިޔުންތައް މެއިލް ކުރެއްވުން އެދެމެވެ.

އިތުރު މަޢްލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000228، 30003207 އަށް ގުޅުއްވުން އެދެމެވެ.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

01 ސެޕްޓެންބަރު 2024
ހޯދާ