ދިވެހިރާއްޖެ
އެއްގަމުއުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމަށްޓަކައި ޢަމަލީ ޓެސްޓް ކުރާނެ އެގްޒަމިނަރުން ބޭނުންވެއްޖެއެވެ. މިމަސައްކަތަކީ އެހެން ވަޒީފާއެއްގައި އުޅެމުން ޕާޓްޓައިމްކޮށް ކުރެވިދާނެ މަސައްކަތެކެވެ.
- · ބޭނުންވާ ޢަދަދު: 02
ޝަރުޠު
- މަދުވެގެން A0, A1, B1, C1 ގިންތީގެ އުޅަނދު ދުއްވުމުގެ ލައިސަންސް ލިބިފައިވާ ފަރާތަކަށްވުން.
- ފާއިތުވި 5 އަހަރުގެ ދުވަހުގެ ތެރޭގައި ޓްރެފިކް ވައެލޭޝަން ކުށެއްކޮށްފައިވާކަން ސާބިތުވެފައި ނުވުން އަދި ޖިނާއީ ކުށެއްކޮށްފައިވާ މީހަކު ކަމުގައި ނުވުން.
- ދޫކުރި ތާރީޚުން ފެށިގެން މަދުވެގެން 5 އަހަރު ދުވަސް ވެފައިވާ، އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން.
- ޢުމުރުން 55 އަހަރު ނުވާ މީހެއްކަމުގައިވުން.
- ޓްރާންސްޕޯޓް މިނިސްޓްރީގައި ނުވަތަ ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާގައި ނުވަތަ ޑްރައިވިނގ ސްކޫލެއްގައި ވަޒީފާއަދާކުރާ މީހެއްކަމުގައި ނުވުން.
އުޖޫރަ
- ޓެސްޓް ކުރާ ކޮންމެ 2 ފުރޮޅުލީ އުޅަނދަކަށް -/15 ރުފިޔާ.
- ޓެސްޓް ކުރާ ކޮންމެ 3 ފުރޮޅުލީ އުޅަނދަކަށް -/20 ރުފިޔާ.
- ޓެސްޓް ކުރާ ކޮންމެ 4 ފުރޮޅުލީ އުޅަނދަކަށް -/25 ރުފިޔާ.
- ޓެސްޓް ކުރާ ކޮންމެ ހެވީ ވެހިކަލަކަށް -/35 ރުފިޔާ.
އެގްޒަމިނަރުން ހޮވުމުގައި ގިނަ ގިންތީގެ ލައިސަންސް/އޮޕްރޭޓް ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ. އަދި މި ކައުންސިލުން ހަމަޖައްސާ ގަޑިތަކުގައި އެކަން ކުރެވޭނެ ފަރާތްތަކަށް ވެސް އިސްކަންދެވޭނެއެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ:
- ޕޮލިސް ރިޕޯޓު (ދޫކުރި ތާރީޚުން ފެށިގެން 3 މަސް ނުވާ)
- ހެވީ ވެހިކަލް ކެޓަގަރީ އަށް ހުށަހަޅާ ނަމަ އޮޕަރޭޓިންގ ޕަރމިޓުގެ ކޮޕީ:
ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ބޭފުޅުން 11 ސެޕްޓެމްބަރ 2024 ވަނަ ދުވަހުގެ 14.00 ގެ ކުރިން މި އިދާރާއަށް ސިޓީ ފޮނުވުމަށް ދެންނެވީމެވެ. އަދި އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ މި އިދާރާގެ ނަންބަރު 6500013 ފޯނާއެވެ. ހުށަހެޅުންތައް އީ-މެއިލް ކުރައްވާނީ، [email protected] އަށެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.