ހުވަދުއަތޮޅު އުތުރުބުރީ ކޮލަމާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގއ.ކޮލަމާފުށީ ކައުންސިލް އިދާރާގެ އިމާރާތުގައި އިރުގެ ހަކަތައިން (ސޯލަރ) ކަރަންޓް އުފައްދާ ނިޒާމް ޤާއިމްކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

ގއ. ކޮލަމާފުށީ ކައުންސިލް އިދާރާގެ އިމާރާތް ސޯލަރ ކުރުމާއި ގުޅޭ

                  ގއ.ކޮލަމާފުށީ ކައުންސިލް އިދާރާގެ އިމާރާތުގައި އިރުގެ ހަކަތައިން (ސޯލަރ) ކަރަންޓް އުފައްދާ ނިޒާމް ޤާއިމްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

                      ވީމާ، މިކައުންސިލުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް މިމަސަކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން މަޢުލޫމާތު ސާފުކުރައްވައި އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ދިނުން

05 ސެޕްޓެމްބަރ 2024

ބުރާސްފަތި ދުވަހުގެ  13:00

އަންދާސީ ހިސާބު ހުށަހެޅުން

16 ސެޕްޓެމްބަރ  2024

ހޯމަ ދުވަހުގެ 13:00

 

                     މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ކޮލަމާފުށީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ކަނޑައެޅިފައިވާ ގަޑިއަށް މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް މަޢުލޫމާތު ފޯރުކޮށް ނުދެވޭނެއެވެ. މި ބީލަމަށް ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.  މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ  ރަސްމީ ގަޑީގައި މި އިދާރާގެ ނަންބަރ 6820017  އަށް ގުޅުއްވުން އެދެމެވެ.        

                ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                              28 ސަފަރަ 1446

                              01 ސެޕްޓެމްބަރ 2024

 

01 ސެޕްޓެންބަރު 2024
ހޯދާ