މުލަކަތޮޅު ނާލާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު

މި ކައުންސިލްގެ ކަރަންޓް ތްރީ (3) ފޭސް އަށް ބަދަލުކުރުމަށްޓަކައި ބައެއް ތަކެތި ގަތުމަށް ބޭނުންވާތީ، މި އިޢުލާނާ އެއްކަރުދާސް ކޮށްފައިވާ ލިސްޓުގައިވާ ތަކެތި، މި ކައުންސިލަށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2024 ސެޕްޓެމްބަރ 12 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މި ކައުންސިލްގެ އީމެއިލް [email protected] މެދުވެރިކޮށް ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.

ހަމަޖެހިފައިވާ ސުންގަޑީގެ ފަހުން ލިބޭ ކޯޓޭޝަންތައް ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި މި ކައުންސިލްގެ ނަންބަރު 6720034 އަށް ގުޅުއްވުން އެދެމެވެ.

ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓް އެންޑް ޓްރޭޑްގައި ރަޖިސްޓްރީ ކޮށްފައިވާ ކުންފުނި، ލޯކަލް އިންވެސްޓްމެންޓް، ޕާޓްނަޝިޕް އަދި އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށެވެ.     

01 ސެޕްޓެންބަރު 2024
ހޯދާ