ދިވެހިރާއްޖެ
ރ. އަނގޮޅިތީމު ރައްޔިތުންގެ ކަށިކެޔޮފަލާއި ބަނބުކެޔޮފާ ކުއްޔަނަގާނެ ފަރާތެއް ހޯދުމަށް 2024 އޮގަސްޓު 19 ވަނަ ދުވަހު މި އިދާރާގެ ނަންބަރު (IUL)301-PJ/301/2024/50 އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތަށް އެއްވެސް ފަރާތަކުން އަގު ހުށައަޅާފައި ނުވާތީ އެއިޢުލާން ބާތިލްކޮށް، ތިންވަނަ ފަހަރަށް އިޢުލާން ކުރަމެވެ.
މި ރަށު ވަލުގައި ހުރި ރައްޔިތުންގެ " ކަށިކެޔޮފަލާއި ބަނބުކެޔޮފާ" 02 އަހަރު ދުވަހަށް ކުއްޔަށް ދޫކުރުމަށް ފުރުޞަތު ހުޅުވާލަމެވެ. ކަށިކެޔޮފަލާއި ބަނބުކެޔޮފާ ކުއްޔައް ދިނުމަށް ހަމަޖެހިފައިވަނީ މި ކަމަށް އެދި އަގު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީ އަގެއް ހުށަހަޅާ ފަރާތަކަށެވެ. މި ކަމާއި ބެހޭގޮތުން މަޢުލޫމާތު ސާފު ކުރުމަށް ބޭނުންވާ ބޭފުޅުން މި އިޢުލާނުގައިވާ "އަގު ހުށަހަޅާ މުއްދަތު" ކަމަށް ބަޔާންވެފައިވާ ގަޑީގެ ކުރިން ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ 09:00 ން 13:30 ދެމެދުގައިވާ ވަގުތެއްގައި މި އިދާރާއަށް ވަޑައިގެން ނުވަތަ މިއިދާރާގެ ނަންބަރު 9606580071+ އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު، ތިރީގައި ދެންނެވިފައިވާ ގަޑިއަށް މި އިދާރާއަށް އަގު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
އަގު ހުށަހަޅާނީ ތިރީގައިވާ ތާވަލްގައިވާ ގޮތަށް ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ބޭފުޅާގެ ނަމާއި އެޑްރެސް އަދި "ރ.އަނގޮޅިތީމު ރައްޔިތުންގެ ކަށިކެޔޮފަލާއި ބަނބުކެޔޮފާ" މިހެން ލިޔެފައި އޮންނަންވާނެއެވެ. އަގު ހުށަހަޅާ ލިޔުމާއެކު އައިޑީކާޑުގެ ކޮޕީއެއް ހުށަހަޅަން ވާނެއެވެ. ބަދަލުގައި ބޭފުޅަކު ހާޒިރުވާނަމަ ބަދަލުގައި ފޮނުވާ ފަރާތުގެ ސިޓީއެއް ގެންނަން ވާނެއެވެ.
ހުށަހަޅަން ޖެހޭ ތާރީޚް / ގަޑި |
ނަން |
# |
08 ސެޕްޓެންބަރު 2024 / 13:30 |
އަނގޮޅިތީމު ރައްޔިތުންގެ ކަށިކެޔޮފަލާއި ބަނބުކެޔޮފާ |
1 |