ދިވެހިރާއްޖެ
ގދ.ގަން ވިޔަފާރި އުޞޫލުން ބެލެހެއްޓުމަށް ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމަށް ފުރުޞަތު ހުޅުވާލުން:
ގައްދޫ ގަން ބެލެހެއްޓުން ޙަވާލުކުރާނެ ފަރާތެއް ހޯދުމަށް 03 ޖުލައި 2024 ގައި މި އިދާރާއިން ކުރި ނަންބަރު (IUL)419-CAA/INDIV/2024/9 އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވަނީ އެއްމެ ފަރާތަކުން ކަމަށްވުމާއެކު އެ ފުރުޞަތު ތިންވަނަ ފަހަރަށް އަލުން ހުޅުވާލަމެވެ. ގައްދޫ ގަމަކީ ގައްދޫގެ އިޚުތިޞާސް ކަމަށް ކަނޑައަޅާފައިވާ ރަށަކަށްވާއިރު އެރަށުގެ ލޭންޑް ޔޫސްޕްލޭން ހެދުމާއި ހަމަޔަށް ވިޔަފާރި އުޞޫލުން އެރަށް ބެލެހެއްޓުމަށްޓަކައި އެކަމަށް ޝައުޤުވެރިކަންހުރި ފަރާތްތަކަށް އެފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.
ވީމާ، ގަން ވިޔަފާރި އުޞޫލުން ބެލެހެއްޓުން ޙަވާލުވުމަށް އެދިލައްވާ ފަރާތްތަކުން ގަން ބަލަހައްޓަވަން ގަސްދުކުރައްވާގޮތް ތަފްޞީލުކޮށް އެނގޭގޮތަށް ބަޔާންކުރައްވާ 19 ސެޕްޓެމްބަރު 2024 ވާ ބުރާސްފަތި ދުވަހުގެ 13.00 އަށް ޕްރޮފޯސަލް ހުށަހެޅުއްވުން އެދެމެވެ.
ގަން ބެލެހެއްޓުމާއި ގުޅޭގޮތުން މަޢުލޫމާތު ދިނުން އޮންނާނީ 12 ސެޕްޓެމްބަރު 2024 ވާ ބުރާސްފަތި ދުވަހުގެ 11.00 ގައި ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމްގައެވެ. ގަން ބެލެހެއްޓުމަށް އެދި ހުށަހަޅުއްވާ ޕްރޮފޯސަލް ބަލައިގަތުން އޮންނާނީ 19 ސެޕްޓެމްބަރު 2024 ވާ ބުރާސްފަތި ދުވަހު 13.00 ގައި މި އިދާރާގެ ޖަލްސާކުރާ މާލަމް ގައެވެ. އީމެއިލް މެދުވެރިކޮށް ޕްރޮފޯސަލް ހުށަހަޅުއްވާ ފަރާތްތަކުން [email protected] އަށް މެއިލް ކޮށް ފޮނުއްވުމަށް ދެންނެވީމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.